Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އަލިބާބާއާ ގުޅިގެން އީކޮމާސް ވޯކްޝޮޕެއް ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އަލިބާބާއާ ގުޅިގެން ރާއްޖޭގައި އީކޮމާސްއާއި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ވޯކްޝޮޕެއް މިއަދު ފަށައިފިއެވެ. ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ މި ވޯކްޝޮޕްގައި 700 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާއިރު، އޮންލައިންކޮށް ރާއްޖޭގެ އެކި ހިސާބުތަކުން މީހުން ބައިވެރިވެފައިވެއެވެ.

އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ވޯކްޝޮޕްގައި މަޢުލޫމާތު ހިއްސާކުރާނީ އަލިބާބާ ޕްލެޓްފޯމުގެ މަތީ ފަންތީގެ ފަރާތްތަކުންނެވެ. އެގޮތުން ސެލަރ އެކައުންޓު ހުޅުވުމާއި، ދިވެހިންގެ އުފެއްދުންތައް އަލިބާބާގައި އިސްތިހާރުކޮށް ވިއްކުމުގެ އިތުރުން، އެ ޕްލެޓްފޯމުގެ އޭއައި މެދުވެރިކޮށް އެންމެ ފަހުގެ ޓްރެންޑުތައް ދެނެގަންނާނެ ގޮތްތައްވެސް ކިޔައިދެވޭނެއެވެ.

މި ވޯކްޝޮޕްގެ ތެރެއިން ވިއްކާ މުދަލަކަށް ނުވަތަ ދޭ ޚިދުމަތަކަށް އަގު ހޯދޭނެ ގޮތްތައް މާލީ އިދާރާތައް މެދުވެރިކޮށް ކިޔައިދޭނެ ކަމަށާއި، މުދާ ފޮނުވުމަށް ނުވަތަ ޕޯސްޓް ކުރުމަށް ހުރި ފުރުސަތުތައް މޯލްޑިވްސް ޕޯސްޓުގެ ފަރާތުން ހިއްސާކުރާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ޤައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތަ އަކީ ކްރިއޭޓިވް އިންޑަސްޓްރީ ނުވަތަ އުފެއްދުންތެރިކަމުގެ ސިނާޢަތް ކަމަށް ހެދުމެވެ. މިކަން ހާސިލްކުރުމަށް ބޭރުގެ މާކެޓުތަކަށް ދިވެހި އުފެއްދުންތައް އެކްސްޕޯޓު ކުރުން މުހިންމު ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.

އަލިބާބާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އީކޮމާސް ޕްލެޓްފޯމެވެ. އެކުންފުނީގެ ޚިދުމަތް ދުނިޔޭގެ 200 އަށްވުރެ ގިނަ ޤައުމަށް ލިބޭއިރު، މި ޕްލެޓްފޯމުގައި ޚިދުމަތާއި މުދާ ވިއްކުމަށް އެކަނިވެސް 40 މިލިއަން މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ. ދުވާލެއްގެ މައްޗަށް 400،000 އަށްވުރެ ގިނަ އުފެއްދުންތަކުގެ މައުލޫމާތު މި ފްލެޓްފޯމް މެދުވެރިކޮށް އެކި ފަރާތްތަކުން ހޯދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ހަމައެކަނި އަލިބާބާގައި 5900 އަށްވުރެ ގިނަ ބާވަތުގެ މުދާ ވިއްކަމުންދާއިރު މިއީ ދިވެހިރާއްޖޭގެ އެކި ފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ފުޅާކުރަން ލިބޭ މުހިންމު ފުރުސަތެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ