ފެރީ ޓާމިނަލްގައި ކިއޮސްކްކެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ. އެޗްޑީސީން މިއަދު ކުރި އިއުލާނުގައި ހުރި ޝަރުތުީ މަސައްކަތަށް އެދި ހުށަހަޅާ ފަރާތްތަކަކީ މި ދާއިރާގައި ގާބިލް އަދި ކުޅަދާނަ ފަރާތްތަކަށް ވާންޖެހޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސއިން މި މަޝްރޫޢަށް ކަނޑައަޅާފައިވަނީ FTKO1-G-01 ޔުނިޓެވެ. މި ޔުނިޓުގެ ބޮޑުމިނަކީ 258.33 އަކަފޫޓު ކަމަށް އެ ކޯޕަރޭޝުން ބުނެފައިވެއެވެ. މި ޔުނިޓު ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން ޑިސެމްބަރު 04 ވަނަ ދުވަހުގެ 14:00 ގެ ކުރިންޕްރޮޕޯސަލް ހުށަހެޅުމަށް އެ ކޯޕަރޭޝަނުން އެދިފައިވެއެވެ. އަދި ހުށަހެޅުންތަކާއެކު، އިންސްޓްރަކްޝަން ޓު ޕްރޮޕޯނެންޓްސްގައިވާ ގޮތުގެ މަތިން ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި މަސައްކަތާ ގުޅޭ މުހިންމު ތާރީޚުތަކާއި ކަންތައްތައް ވަނީ ތިރީގައި ވާ ގޮތަށް އެޗްޑީސީން ވަނީ ކަނޑައަޅާފައެވެ:
- ޕްރީ-ޕްރޮޕޯސަލް ބައްދަލުވުން: ނޮވެމްބަރު 24 ވަނަ ދުވަހުގެ 10:00 ގައި ޒޫމް މެދުވެރިކޮށް. ބައްދަލުވުމުގެ ލިންކް: https://shorturl.at/1ATis
- ސުވާލުތައް ހުށަހެޅުން: ނޮވެމްބަރު 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން، އީމެއިލް: [email protected] އަށް.
- ސުވާލުތަކަށް ޖަވާބު ދިނުން: ނޮވެމްބަރު 27 ވަނަ ދުވަހު އެޗްޑީސީގެ ވެބްސައިޓް (www.hdc.mv) އަދި މައިހުޅުމާލެ ޕްރޮޕަޓީސް ވެބްސައިޓް (properties.hdc.mv) ގައި.
- ހުށަހެޅުން ހުށަހެޅުން: ޑިސެމްބަރު 04 ވަނަ ދުވަހުގެ 13:00 އިން 14:00 އަށް، އެޗްޑީސީ ބިލްޑިންގގެ ގްރައުންޑް ފްލޯރ، އެގްޒިބިޝަން ސެންޓަރުގައި.
- ހުށަހެޅުންތައް ހުޅުވުން: ޑިސެމްބަރު 04 ވަނަ ދުވަހުގެ 14:00 ގައި، އެޗްޑީސީ ބިލްޑިންގގެ ގްރައުންޑް ފްލޯރ، އެގްޒިބިޝަން ސެންޓަރުގައި.
މި މަސައްކަތާ ގުޅޭ އެންމެހާ މައުލޫމާތުތައް އެކުލެވޭ ރިކުއެސްޓް ފޯ ޕްރޮޕޯސަލް ޑޮކިއުމެންޓް، އެޗްޑީސީގެ ވެބްސައިޓްތަކުން މިހާރު ޑައުންލޯޑް ކުރެވޭނެކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ. އަދި ހުށަހަޅާ ފަރާތްތަކުން އެންމެ ފަހުގެ މައުލޫމާތު ވެބްސައިޓުން ޗެކް ކުރުމަކީ އެފަރާތްތަކުގެ ޒިންމާއެއް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އަދި އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ ކޯޕަރޭޝަންގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ސޭލްސް 3 ވަނަ ފަންގިފިލާ، އެޗްޑީސީ ބިލްޑިންގ އަށް ގޮސްގެން ނުވަތަ އީމެއިލް: [email protected] ނޫނީ 3353535 އަށް ގުޅުމަށް އެދިފައިވެއެވެ.



