Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

މަސް ގަންނަ އަގު ބޮޑުކޮށް، މަސްވެރިންނަށް ތެލުގެ އަގު ހެޔޮކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މިއަދުން ފެށިގެން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން އެއް ކިލޯއިން މަތީގެ މަސް އެންމެ މަތީ އަގު ކަމަށްވާ 16ރ. އަށް ގަންނަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. މި ބަދަލަކީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ. ދުވާފަރުގައި ރޭ ކުރިއަށްދިޔަ ޖަލްސާގައި ރައީސް އިޢުލާނުކުރެއްވި ބަދަލެކެވެ. މިހާރު މިފްކޯއިން 16ރ. ގެ ރޭޓުގައި ގަންނަނީ ދޮޅު ކިލޯއިން މަތީގެ މަހެވެ.

ރައީސް ވިދާޅުވީ މަސްވެރިންނަށް އެންމެ ފައިދާވާނެ ގޮތަށް އަގު ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން 16ރ. އަކީ އެންމެ ދަށް އަގު ކަމަށާއި، މިފްކޯއަށް 17ރ. ނުވަތަ 18ރ. އަށް ގަނެވޭނަމަ އެއަށް ވުރެ މަތީ އަގުތަކުގައި ވެސް މަސް ގަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

 “މިއަދުން ފެށިގެން ގެންނަ މައިގަނޑު ބަދަލަކީ ދޮޅު ކިލޯގެ ބަދަލުގައި އެއް ކިލޯއިން ފެށިގެން މަތީގެ މަހަށް އެންމެ މަތީ ރޭޓުގައި މަސް ގަންނަ ގޮތަށް ބަދަލުކުރުން.” ރައީސް ވިދާާޅުވިއެވެ.

މަސްގަތުމުގެ އަގަށް ބަދަލު ގެނައުމުގެ އިތުރުން، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ވެސް ހެޔޮކޮށް، އެކަން ރައީސް މުއިއްޒު ރޭ އިޢުލާނުކުރެއްވި އެވެ. މި ބަދަލާއެކު މިއަދުން ފެށިގެން މަސްވެރިންނަށް ވިއްކާ ތެލުން އެވްރެޖުކޮށް 51 ލާރި އަގު ހެޔޮވާނެ އެވެ. އަދި ތިން ޓަނަށް ވުރެ އިތުރަށް މަސް ކިރާ ދޯނިތަކަށް ތެޔޮ ލިޓަރަކުން އެވްރެޖުކޮށް 71 ލާރި ހެޔޮވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ބަދަލުތަކަށް ފަހު، މިފްކޯއިން ތެޔޮ ވިއްކާނެ އާ އަގުތަކަކީ:

މަސްކިރާ ހުރިހާ ދޯނިތަކަށް: 13.90ރ

3 ޓަނަށް ވުރެ އިތުރަށް ކިރާ ދޯނިތަކަށް: 13.72ރ

އާންމުނަށް: 14.43ރ

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ މަސްވެރިންނާ ގާތުން މަސައްކަތް ކޮށް، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދިނުން ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދެވުމުގައި މަސްވެރިންގެ އެއްބާރުލުމަށް އެދިވަޑައިގެންނެވިއެވެ. އަދި މަސްވެރިކަމުގެ ސިނާއަތަށް ސިޔާސީ އޮއިވަރު ވައްދައިގެން އުޅޭ އުޅުމަށް ޖާގަ ނުދިނުމަށް އެދިވަޑައިގެންނެވި އެވެ. ރައީސްގެ ވިދާޅުވުމުގައި، ހުސް ދިވެހިން މަސައްކަތް ކުރާ ސިނާއަތަކަށް މަސްވެރިކަން ހަދަން ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ