Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ބެލަރޫސްގެ ބެލޭވިއާ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ad image

ގުޅުންހުރި ލިޔުންތައް

ބެލަރޫސްގެ ގައުމީ އެއާލައިން، ބެލޭވިއާ އިން އަންނަ އޮގަސްޓް މަހުން ފެށިގެން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަން އެ އެއާލައިނުން ހާމަކޮށްފިއެވެ. މިއީ އެ އެއާލައިންގެ ވިއުގަ ފުޅާކުރުމުގެ އިސްތިރާތީޖީގެ ދަށުން، ބެލަރޫސް އާއި ރާއްޖެއާ ދެމެދު ވައިގެ މަގުން ގުޅާލުމަށް ނިންމި ނިންމުމެކެވެ.

ބެލޭވިއާ އެއާލައިނުން ބުނި ގޮތުގައި، ރާއްޖެއަކީ ހަރަދު ބޮޑު މަންޒިލެއް ނަމަވެސް، މިއީ ދިގު ދަތުރުތަކަށް ވަރަށް އުންމީދީ މަންޒިލެކެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ޓްރަޔަލްއެއްގެ ގޮތުން ހައެއް ނުވަތަ އަށެއްކަ ދަތުރު ކުރުމަށް ވަނީ ރޭވިފައެވެ. މި ދަތުރުތަކުގެ ބޭނުމަކީ މާކެޓުގެ ޑިމާންޑާއި އޮޕަރޭޝަނަލް ކަންކަން ހުރި ގޮތް ބެލުމެވެ. މީގެ އިތުރުން، އެ އެއާލައިނުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބައިވެރިންނާ ގުޅިގެން މާކެޓް ދިރާސާކުރަމުންނެވެ.

މެދުއިރުމަތީގެ ބައެއް ސަރަހައްދުތަކުގެ މަސްރަހު ނުތަނަވަސްވެ، ވައިގެ ދަތުރުފަތުރަށް ބުރޫއަރަމުންދާ ދަނޑިވަޅެއްގައި، ގިނަ އެއާލައިންތަކަކުން ދަނީ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަމުންނެވެ. އެގޮތުން ބްރިޓިޝް އެއާވޭސް އިން ވަނީ ހަފުތާއަކު ކުރާ ދަތުރުތައް ތިނަކުން ހަތަރަކަށް އިތުރުކޮށްފައެވެ. އަދި ސްވިޒަލޭންޑުގެ އެޑެލްވައިސް އެއާ އިން އަންނަ އޭޕްރިލް މަހު ރާއްޖެއަށް 20 ދަތުރު ކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާ އިން ވެސް ވަނީ ދުނިޔޭގެ ވައިގެ މަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން އިތުރުކޮށްފައެވެ. އެގޮތުން މާޗް 10 އިން 18 އަށް އެ އެއާލައިނުން ވަނީ އޭ320 ނިއޯ މަރުކާގެ ބޯޓުތަކުގައި ރާއްޖެ ހިމެނޭހެން އެކި މަންޒިލްތަކަށް 78 އިތުރު ދަތުރުކޮށް، ގާތްގަނޑަކަށް 17,660 ސީޓު އިތުރުކޮށްފައެވެ. މި ދަތުރުތައް ކުރަނީ ހުޅަނގު އޭޝިއާގެ ނުތަނަވަސް ވައިގެ ސަރަހައްދުތައް ނުހިމެނޭ ބަދަލު މަގުތަކުންނެވެ.

މީގެ އިތުރުން ރަޝިއާގެ އެއިރޯފްލޮޓް އިން ވެސް ވަނީ މޮސްކޯ އާއި މާލެއާ ދެމެދު ކުރާ ދަތުރުތައް އިތުރުކޮށްފައެވެ. މިއީ އެހެން އެއާލައިންތަކުގެ ދަތުރުތައް ކެންސަލްވުމުގެ ސަބަބުން ދަތުރުވެރިންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެއް ކަމަށް އެ އެއާލައިނުން ބުނެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖެއަށް ޕްރައިވެޓް ޖެޓްތައް އަންނަ މިންވަރު ވެސް ވަނީ އިތުރުވެފައެވެ. ވިޒިޓް މޯލްޑިވްސް އިން ދަނީ އެއާލައިންތަކާއި ސިނާއަތުގެ ހިއްސާދާރުންނާ ގުޅިގެން، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ އަސަރު ކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ