- Advertisement -ad image

އެސްޓީއޯއިން ޑީސަލާއި ޕެޓްރޯލް ލީޓަރަކުން ދެ ރުފިޔާ ބޮޑުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު އުފުލެމުންދާތީ ކަމަށް ބުނެ އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލް ލީޓަރަކުން ދެ ރުފިޔާ ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ބުނީ 24 ޖޫން ވާ ހުކުރު ދުވަހުން ފެށިގެން ފިއުލް ސަޕުލައި މޯލްޑިވްސްގެ ސްޓޭޝަންތަކުން ތެޔޮލިބޭނެ އަގުތަކަށް ބަދަލު އަންނާނެ ކަމަށެވެ.

އެގޮތުން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 16.55 ލާރިއަށް އަދި ޑީސަލް ލީޓަރެއް ވިއްކާނީ 16.77 ލާރިއަށް ކަމަށެވެ. އަދި އެސްޓީއޯއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެކުންފުނިންދޭ ހިދުމަތްތައް ހުއްޓުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދެމުން ދިއުމަށް ކަމަށްވެސް ބުނެފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނެސްފައިވެއެވެ. އެންމެ ފަހުން އެސްޓޯއީން ތެލުގެ އަގު ބޮޑުކުރީ މާޗު މަހުގެ 5 ވަނަ ދުވަހުއެވެ. އެ ފަހަރު ބޮޑުކުރި އަގަކީ ޕެޓްރޯލް ލީޓަރެއް 14.60ރ. އަދި ޑީސަލް ލީޓަރެއް 14.80ރ. އަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ