- Advertisement -ad image

މިއަހަރުގެ އެއްމިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފި

ad image

ގުޅުންހުރި ލިޔުންތައް

މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރާ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން ބުނި ގޮތަށް މިއަދު ވަނީ އެއް މިލިއަން ފަތުރުވެރިޔާ ރާއްޖެ އައުމުން ވަނީ ހޫނު މަރުހަބާ ކިޔާފައެވެ.
މިއަދު ހެނދުނު ގަރަތު އެއާވޭސްގެ ފްލައިޓަކުން އައި ޓޫރިސްޓުންގެ ތެރެއިން، އެއް މިލިއަން ވަނަ ޓޫރިސްޓަކީ ޗެކް ރިޕަބްލިކަށް އުފަން އުމުރުން 29 އަހަރުގެ ޑެނިއެލާ ކިލްނަރޯވާ އެވެ.
އޭނާ ރާއްޖެ އައީ “ރޮބިންސަން ކްލަބް ނޫނު” ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމަށެވެ.
މިއީ އޭނާ ރާއްޖެ އާއި ތިންވަނަ ފަހަރެވެ.

މީގެ 10 އަހަރު ކުރިން ޑެނިލާ ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައިވަނީ ކުރެއްދޫ ރިސޯޓްގައެވެ.
ރާއްޖެއަށް އެންމެ ގިނައިން މިހާތަނަށް ޓޫރިސްޓުން އައިސްފައިވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ.

ނަމަވެސް ކޮވިޑް 19 ގެ ސަބަބުން ދަތުރުފަތުރު ކުރުމުގެ ކަންކަން ހައްލުނުވާތީ ރާއްޖެ އަށް އަން ފަތުރުވެރިން ވަނީ ބޮޑު ތަނުން މަދުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ