- Advertisement -ad image

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގުހެޔޮކޮށްފިއެވެ.

އެގޮތުން އެސްޓީއޯއިން ބުނީ 18 އޮގަސްޓްވާ ބުރާސްފަތި ދުވަހުން ފެށިގެން ފިއުލް ސަޕުލައި މޯލްޑިވްސްގެ ސްޓޭޝަންތަކުން ތެޔޮލިބޭނެ އަގުތަކަށް ބަދަލު އަންނާނެ ކަމަށެވެ.

އެގޮތުން އެގޮތުން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 15.97 ލާރިއަށް އަދި ޑީސަލް ލީޓަރެއް ވިއްކާނީ 16.32 ލާރިއަށް ކަމަށެވެ. އަދި އެސްޓީއޯއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެކުންފުނިންދޭ ހިދުމަތްތައް ހުއްޓުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދެމުން ދިއުމަށް ކަމަށްވެސް ބުނެފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ފަސް ފަހަރެއްގެ މަތިން އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނެސްފައިވެއެވެ. އެންމެ ފަހުން އެސްޓޯއީން ތެލުގެ އަގަށް ބަދަލު ގެނައީ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ