- Advertisement -ad image

ސްޓާބަކްސް ނަކަލުކޮށް ރަޝިޔާއިން ސްޓާސް ކޮފީ ތައާރަފުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރަޝިޔާ ސްޓާބަކްސް ނަކަލުކޮށް އެޤައުމުގެ އަމިއްލަ ކުންފުންޏަކުން ސްޓާސްގެ ނަމުގައި ކޮފީ އައުޓްލެޓްތަކެއް ހުޅުވަން ފަށައިފި އެވެ. ސްޓާސް ކޮފީ’ގެ ނަން ދީފައިވާ މި ކުންފުންޏަކީ ރަޝިޔާގެ ރައީސް ލަޑްމިއާ ޕޫޓިންއަށް ތާއީދުކޮށް ރެޕު ލަވާ ކިޔާ މީހަކާއި ރެސްޓޯރަންޓުތައް ހިންގާ މީހަކު ވެގެން ފަށާފައިވާ ކުންފުންޏެކެވެ. ސްޓާސް ކޮފީ ފުރަތަމަ އައުޓްލެޓް ހުޅުވާފައިވަނީ ރަޝިޔާގެ މޮސްކޯގަ އެވެ. ސްޓާސް ކުންފުނީގެ އެއް ވެރިޔާ ކަމަށްވާ، ރެސްޓޯރަންޓުތައް ހިންގަވާ އެންޓޮން ޕިންކްސީ ވިދާޅުވި ގޮތުގައި، އެ ކުންފުނިން އިތުރު ކެފޭތައް އަދި ހުޅުވާނެ އެވެ. ޔޫކްރެއިން ހަނގުރާމައާ ޖެހެންދެން ސްޓާބަކްސް އިން ދިޔައީ ރަޝިޔާގައި 2،000 މުވައްޒަފުންނާ އެކު 130 ކެފޭ ހިންގަމުންނެވެ. ރަޝިޔާގެ އޮޕަރޭޝަންތައް ހުއްޓާލާފައިވީ ނަމަވެސް ސްޓާބަކްސް އިން އަންނަނީ އަދިވެސް މުވައްޒަފުންނަށް ފުރިހަމަ މުސާރަ ދެމުންނެވެ. ރަޝިޔާއިން ސްޓާބަކްސް ނަކަލުކޮށް ކުންފުންޏެއް އުފެއްދި ނަމަވެސް، މިކަމާއި ގުޅިގެން ސްޓާބަކްސްއިން އެއްޗެއް ބުނެފައެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ