- Advertisement -ad image

އެޕަލްގެ އައިފޯން 14 ދައްކާލައިފި

ad image

ގުޅުންހުރި ލިޔުންތައް

މަޝްހޫރު އެޕަލް ކުންފުނީގެ އައު ފޯނު، އައިފޯން 14 ދައްކާލައިފިއެވެ.

މިކަމަށްޓަކައި އެޕަލްއިން ރޭގައި ބޭއްވި ހާއްސަ އިވެންޓްގައި ވަނީ އައިފޯން 14، އެޕަލް ވޮޗް އަލްޓްރާ ސީރީޒް 8 އަދި އެއަރޕޮޑްސް ޕްރޯ ވަނީ ދައްކާލާފައެވެ.

އައިފޯން: އެޕަލް އިން ވަނީ އައިފޯން 14 އަދި އައިފޯން 14 ޕްރޯގެ މޮޑެލްތަކާއި، މި ފޯނުގައި ހިމެނޭ ނިއު ރޭންޖް ސޭފްޓީ ފީޗަރސްތައް ދައްކާލާފައެވެ.
އަލަށް ދައްކާލި އައިފޯން 14ގެ އަގު 799 އެމެރިކާ ޑޮލަރުން ފެށޭއިރު އައިފޯން 14 ޕްރޯގެ އަގު އުޅެނީ 999 އެމެރިކާ ޑޮލަރުން މަތީގަ އެވެ.
އައިފޯން 13 އާއި އަޅާ ބަލާއިރު އައިފޯން 14 އަށް ވަނީ ރައްކާތެރިކަމުގެ އިތުރު ފީޗަރސްތައް އެޑްކޮށްފައެވެ. އަދި ކެމެރާ ކޮލިޓީވެސް އައިފޯން 14 ގައި އިތުރަށް ރަނގަޅުވާނެ ކަމަށް އެޕަލްއިން ހާމަކުރެއެވެ.

މީގެ އިތުރުންވެސް އައިފޯން 14 ގައި ބެޓެރީ ކޮލިޓީ ރަނގަޅު ކުރުމަށް ވަނީ ނިއު ލޯ ޕަވަރ މޯޑެއް ތައާރަފުކޮށްފައެވެ.
4.8 މެގަޕިކްސެލްގެ ކެމެރާ އައިފޯން 14 ގައި ހިމަނާފައި ވަނީ ބޮޑު ސެންސަރ އަކާއެކުއެވެ.
މިއާއެކު އަދިރި ތަންތަނުގައި ނަގާ ފޮޓޯގެ ކޮލިޓީވެސް ރީތިވާނެ ކަމަށް އެޕަލްއިން ބުނެއެވެ.

އައިފޯން 14 ގެ މިހާރު ލިބެން ހުރީ ހަތަރު ކުލައެވެ. އެއީ ސްޕޭސް ބްލެކް، ސިލްވަރ، ގޯލްޑް އަދި ޑީޕް ޕާރޕަލްއެވެ. ހުކުރު ދުވަހު އައިފޯން 14 އަށް ޕްރީ އޯޑަރ ކުރުމަށް ހުޅުވާލާނެއެވެ. ނަމަވެސް ޕްލަސް މޯޑްގެ ފޯން އެކްޓޯބަރ ކުރިން ޝިޕް ނުކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ