- Advertisement -ad image

ދުބާއީ މޯލް ހުޅުވިތާ 45 މިނެޓްތެރޭ އައިފޯން 14 ސީރީޒްގެ ހުރިހާ ފޯނެއް ވިކި ހުސްވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


އެޕަލްއިން ބާޒާރަށް މުޅިން އަލަށް ނެރެފައިވާ އައިފޯން 14ގެ ސީރީސްގެ ފޯނު ވިއްކުމަށް ދުބާއީ މޯލް އިން ހުޅުވާލިތާ 45 މިނެޓް ތެރޭ ހުރިހާ ފޯނެއް ރިޒާރވްކޮށްފިއެވެ.
އެތައް ސަތޭކަ ބަޔަކު މިއަދު ވަނީ ދުބާއީ މޯލްގެ ބޭރުގައި އައިފޯން 14 ސީރީސްގެ ފޯނުތައް ގަތުމަށް ކިޔޫ ހަދާފައެވެ. ދުބާއީގައި ހުންނަ އެޕަލް ފިހާރައިގެ މުވަށްޒަފުން ވަނީ މިއަދު ހެނދުނު އަށެއް ޖެހިއިރު އައިފޯން 14 ގަތުމަށް އެންމެ ފުރަތަމަ ކިޔޫގައި ހުރި ކަސްޓަމަރަށް މަރުހަބާ ކިޔާ ފިހާރައަށް ވައްދާފައެވެ.
ކަލީޖްޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުން ދުބާއީގެ އެޕަލް ފިހާރައިން އައިފޯން 14 ވިއްކާ އަގު ތަކަކީ:
އައިފޯން 14 (3399 ދިރުހަމް) އެއީ 14،263 ރުފިޔާ
އައިފޯން 14 ޕްލަސް (3799 ދިރުހަމް) އެއީ 15،944 ރުފިޔާ
އައިފޯން 14 ޕްރޯ (4299 ދިރުހަމް) އެއީ 18،041 ރުފިޔާ
އައިފޯން 14 ޕްރޯ މެކްސް (4699 ދިރުހަމް) އެއީ 19،722 ރުފިޔާ
އެމެރިކާގެ ފިހާރަތަކުން އައިފޯން ވިއްކަން ފެށިފަހުން ދެން އެންމެ ފުރަތަމަ އައިފޯން 14ގެ ފޯނުތައް ވިއްކަން މި ފެށީ ދުބާއީންނެވެ.
އައިފޯން 14ގެ ފޯނުތައް އެޕަލްއިން ދައްކާލާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. ރާއްޖޭގެ ގިނަ ވިޔަފާރުވެރިންވެސް ދުބާއީ އިން ފޯނު ގެނެސްގެން ވިއްކައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ