- Advertisement -ad image

އަންނަ އަހަރުން ފެށިގެން ސުއޭޒް ކެނެލުން ނަގާ ފީ ބޮޑުކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

ސުއޭޒް ކެނަލް ހުރަސްކުރާ ބޯޓު ފަހަރުން ނަގާ ފީ އަންނަ އަހަރުން ފެށިގެން ބޮޑު ކުރުމަށް ނިންމާފައިވާ ކަމަށް މިސްރުން ބުނެފި އެވެ.

ސުއޭޒް ކެނަލް އޮތޯރިޓީން ވަނީ މިކަމާއި ގުޅިގެން ބަޔާނެއް ނެރެފަ އެވެ. މި ބަޔާނުގައި ވަނީ ކެނަލް އޮތޯރިޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ތެލާއި ޕެޓްރޯލިއަމްގެ ބާވަތްތައް އުފުލާ ޓޭންކަރުތަކުން ދައްކަން ޖެހޭ ފީ %15 އަދި އެ ނޫން ބާވަތްތަކުގެ މުދާ އުފުލާ އުޅަނދުތަކުން ނަގާ ފީ %10 އަންނަ އަހަރުން ފެށިގެން ބޮޑު ކުރާނެ ކަމަށް ބުނެފި އެވެ.

އަންނަ ޖެނުއަރީން ފެށިގެން އެ ގަވާއިދާއަށް އަމަލު ކުރަން ފަށާނެ ކަމަށާއި އެ ރޭޓްތަކުގައި އަގުތައް ބޮޑު ކުރުން ކޮންމެހެން ވެސް ލާޒިމު ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

ސުއޭޒް ކެނަލް އޮތޯރިޓީިން ބުނީ މިދިޔަ އަހަރު 20،649 އުޅަނދު އެ ކެނަލް ހުރަސްކޮށްފައިވާ ކަމަށާއި މިއީ 2020 ވަނަ އަހަރު ކެނެލް ހުރަސް ކުރި 18،830 އުޅަނދަށް ވުރެ %10 އިތުރު އަދަދެއް ކަމަށެވެ.

މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ކެނެލްއަށް ބޯޓެއް އުރި، ކެނަލް ބަންދުކޮށްފައި އޮތުމުން، ކެނަލްގެ ދެކުނު ބައި ފުޅާކޮށް ފުންކުރުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. ހަ ދުވަހަށް ކެނެލް ބަންދުވުމުގެ ސަބަބުން ދުނިޔޭގެ އެއް ތަނުން އަނެއް ތަނަށް މުދާ ނުފޮނުވި ތާށިވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ