- Advertisement -ad image

މިފްކޯއިން 14 އައިސްޕްލާންޓެއް ފެނަކަ އާއި ހަވާލުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މިފްކޯއިން ހިންގަމުން އައި 14 އައިސްޕްލާންޓެއް ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްފިއެވެ. މިކަމަށްޓަކައި ފެނަކަ ކޯޕަރޭޝަންގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މިފްކޯއިން ހިންގަމުންއައި 14 އައިސްޕްލާންޓް ފެނަކަ ކޯޕަރޭޝަންއަށް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއެކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ ސީއީއޯ އަހްމަދު ސައީދު މުހައްމަދެވެ. އަދި މިފްކޯގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާޢީލް ފައުޒީއެވެ. މި ރަސްމިއްޔާތުގައި އެ އައިސްޕްލާންޓްތަކުގެ ރަމްޒީ ތަޅުދަނޑިވެސް ވަނީ ފެނަކައާ ޙަވާލުކޮށްފައެވެ.
މިފްކޯއިން ފެނަކައާ ހަވާލުކޮށްފައިވާ 14 އައިސްޕްލާންޓްތަކުގެ ތެރޭގައި ހިމެނެނީ ހއ.އިހަވަންދޫ، ނ.ޅޮހި، ރ.އަލިފުށި، ބ.ތުޅާދޫ، ފ.ނިލަންދޫ، ތ.ހިރިލަންދޫ، ގއ.ދާންދޫ، ގއ.ދެއްވަދޫ، ގއ.ގެމަނަފުށި، ގއ.ކިލަމާފުށި، ގދ.ފިޔޯރީ، ގދ.ފަރެސްމާތޮޑާ، އަދި ސ.ހިތަދޫއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ