- Advertisement -ad image

ފެބްރުއަރީ 2023 އިން ފެށިގެން އައްޑޫ ސިޓީން ދުބާއީއަށް ދެވޭނެ!

ad image

ގުޅުންހުރި ލިޔުންތައް


2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އައްޑޫ ސިޓީން ދުބާއީ އަށް ދަތުރު ކުރުމަށް ފްލައި ދުބާއީ އިން ތައްޔާރުވާން ފަށައިފިއެވެ.
ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ބަޖެޓް އެއަލައިން ކަމަށްވާ ފްލައި ދުބާއީ އިން އައްޑޫ ސިޓީ/ ދުބާއީ ދެކޮޅު ޓިކެޓް ވިއްކަން ހަމަޖެހިފައި ވަނީ 550 ޔޫއެސް ޑޮލަރު ނުވަތަ 8،481 ދިވެހި ރުފިޔާ އަށެވެ.
އެއަރލައިން ތައްޔާރުވަމުން ދަނީ 2023 ފެބުރުއަރީ މަހުން ފެށިގެން ދުބާއީން ގަންއިންޓަރނޭޝަލް އެއަރޕޯޓަށް ދަތުރުތައް ކުރުމަށެވެ.
މި އެއާލައިނުން ރާއްޖެއަށް މިހާރު ދަތުރު ކުރަމުން އަންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެކަންޏެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ގަމާއި ދުބާއީ އާއި ދެމެދު ފްލައި ދުބާއީގެ ދަތުރުތައް ފަށާނީ އަންނަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. އަދި ކޮންމެ ދުވަހަކު އެއް ދަތުރު ކުރާނެ ކަމަށް ބުނެފައިވެއެވެ

މިއާއި އެކު ރާއްޖެއަށް ފްލައި ދުބާއީން ކުރާ ދަތުރުތަކުގެ އަދަދު 28އަށް އިތުރުވާނެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައި ދުބާއީން ހަފްތާއަކު 21 ދަތުރު ކުރެ އެވެ.
އެއާލައިނުން ބުނީ މިހާރު މި ދަތުރުތަކަށް އޮންލައިންކޮށް ބުކިން ހެއްދޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ