- Advertisement -ad image

ޓެކްސް ބޮޑުކޮށްފިނަމަ ވިޔަފާރިތަކަށް ގެއްލުންވާނެ: މަޓީ

ad image

ގުޅުންހުރި ލިޔުންތައް


މިވަގުތަކީ ޓެކްސް ބޮޑުކުރުމަށް އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށާއި، މިހާރު ވެސް ފަތުރުވެރިކަމުގެ ސިނާއަތް އަންނަނީ އެކި ލޮޅުންތަކުން އަރައިގަތުމުގެ މަސައްކަތް ކުރަމުން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފިއެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާތީ ކޮމިޓީން މިހާރު އަންނަނީ އެ ބިލް ދިރާސާ ކުރަމުންނެވެ.
އެ ބިލުގެ ދިރާސާއަށް ކަމާގުޅޭ ފަރާތްތައްތައް ކޮމިޓީއަށް ހާޒިރުވުމަށް އެންގުމުން، މަޓީގެ ފަރާތުން މިއަދު ފޮނުވި ސިޓީއެއްގައި ބުނީ މިވަގުތަކީ ޖީއެސްޓިއާއި ޓީޖީއެސްޓީ ބޮޑުކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށާއި، ޓެކްސް ބޮޑުކޮށްފިނަމަ ވިފަރިތަކަށް ގެއްލުންވާނެ ކަމަށެވެ.
އަދި މަޓީން ވަނީ ޓެކްސްއަށް ގެންނަ ކޮންމެ ބަދަލެއް ތަންފީޒު ކުރުމަށް މަދުވެގެން 12 މަސްދުވަސް ދިނުމަށް އެދިފައެވެ.
މީގެއިތުރުން މިއަދު ވަނީ ގެސްޓު ހައުސް އެސޯސިއޭޝަންގެ ބޭފުޅުން ވެސް ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.
ގެސްޓުހައުސް އެސޯސީއޭޝަންގެ ފައިނޭންޝަން ކޮންޓްރޯލާ ހަސަން އަލިމަނިކު ވިދާޅުވީ ޓިޖީއެސްޓީ ބޮޑުކޮށްފިނަމަ އެފަރާތްތަކަށް ގެއްލުންވާނެ ކަމަށެވެ.
އެގޮތުން 20 ނުވަތަ 25 ޕަސެންޓުން ޑިމާންޑް ދަށަށް ދާނެ ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރި އެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ގެސްޓުހައުސް ވިޔަފާރީގައި ރާއްޖޭގެ އެންމެ ބޮޑު ކޮމްޕެޓިޓަރުންގެ ތެރޭގައި ހިމެނޭ ގައުމުތަކުން ނަގަނީ ކުޑަ ޓެކްސްއެއް ކަމުގައި ވުމެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި ޓެކްސް ބޮޑު ކުރުމުގެ ބިލާ ގުޅިގެން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.
އެ ބިލުގައި އޮތީ އާންމުންގެ އަތުން ނަގާ ޖީއެސްޓީ 2 އިންސައްތައިން ބޮޑުކޮށް 8 އިންސައްތައަށް ހެދުމަށާއި، ފަތުރުވެރިން އަތުން ނަގާ ޓެކުސް 4 އިންސައްތައިން ބޮޑުކޮށް 16 އިންސައްތައަށް ބަދަލު ކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ