- Advertisement -ad image

ފުލައި ދުބާއީގެ އުދުހުންތައް ލަންކާ އާއި ރާއްޖެއާ ދެމެދު ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބަޖެޓް އެއަރލައިންއެއް ކަމުގައިވާ ފްލައި ދުބާއީގެ އުދުހުންތައް ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ފަށައިފިއެވެ.
ފްލައި ދުބާއީން މިއަދުން މި ފެށި ދަތުރުތައް ކޮންމެ ދުވަހަކު ބާާއްވާ ގޮތަށް ވަނީ ނިންމާފައެވެ. އެގޮތުން މި ދަތުރުތައް މާލެއިން ކޮލަމްބޯއަށް ފުރާނީ ކޮންމެ ދުވަހެއްގެ ހެނދުނު 08:35ގައެވެ. އަދި ކޮލަމްބޯއިން މާލެއަށް ފުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ މެންދުރު 12:55ގައެވެ.

ފްލައި ދުބާއީގައި މާލެއިން ކޮލަމްބޯއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ޓިކެޓް ގަންނަން ލިބޭނެ ކަމަށް ވެސް އެ އެއާރލައިނުން ހަމަކުރެއެވެ.

މި ދަތުރުތަކުގައި ފްލައި ދުބާއީން ބޭނުންކުރަނީ ބޮއިން 737 މަރުކާގެ މަތިންދާބޯޓެވެ.

ފްލައި ދުބާއީން ރާއްޖެއާއި ކޮލަމްބޯއާ ދެމެދު ދަތުރުތައް ފެށި އިރު ކޮލަމްބޯއަށް ރާއްޖެ މެދުވެރިކޮށް 5 އެއާލައިނަކުން މިހާރުވެސް އަންނަނީ ދަތުރުތައް ބާއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ