- Advertisement -ad image

ޝީއިން އިން ރާއްޖެއަށް ހިލޭ ޝިޕިން ކުރެވޭގޮތް ހަދައިފި

ad image

ގުޅުންހުރި ލިޔުންތައް

އޮންލައިން ވިޔަފާރިއަށް ހާއްސަ ވެބްސައިޓެއް ކަމަށްވާ ޝީއިން އިން އަނެއްކާވެސް ރާއްޖެއަށް ހިލޭ ޝިޕިން ކުރެވޭގޮތަށް ހަމަޖައްސައިފި އެވެ.

ޝީއިން އިން މިގޮތަށް ހަމަޖައްސާފައި މިވަނީ ދާދިފަހުން ރާއްޖެއަށް ކުރަމުންދިޔަ ފްރީ ޝިޕިން ހުއްޓާލާ ކޮންމެ އެއްޗަކުން 30 ޑޮލަރު ޗާޖުކުރަމުން ދަނިކޮށެވެ.

ރާއްޖެއަށް ފްރީ ޝިޕިން ކުރެވޭގޮތަށް ޝީއިން އިން ނިންމާފައިވަނީ ކުރީގެ ވެސް ޕޮލިސީ އާއި އެއްގޮތަށެވެ. އެއީ ކޮންމެ 250 ޑޮލަރުން މަތީގެ އޯޑަރުތަކަށް ފްރީ ޝިޕިން ކޮށްދޭ ގޮތަށެވެ. ކުރިން ޝީއިން އިން ހިލޭ ޝިޕިން ކޮށްދީފައިވަނީ 200 ޑޮލަރުން މަތީގެ އޯޑަރު ތަކަށެވެ.

ޝީއިން އިން ރާއްޖެއަށް ތަކެތި ގެނެސްގެން ބައެއް ފަރާތްތަކުން އިންސްޓަގްރާމް މެދުވެރިކޮށް ވިޔަފާރި ކުރެ އެވެ. އެހެންނަމަވެސް ފަހުން އެ ކުންފުނިން ގެނައި ބަދަލާއެކު މިފަދަ ވިޔަފާރިތަކުން ވަނީ ވަގުތީ ގޮތުން އޯޑަރު ނެގުން މަޑުޖައްސާލާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ