- Advertisement -ad image

މިދުވަސްވަރު ފުރުމުގެ ތިންގަޑިއިރު ކުރިން އެއަރޕޯޓަށްދާން އިލްތިމާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ޗުއްޓީ ދުވަސްވަރު ފުރުމުގެ ތިންގަޑިއިރު ކުރިން އެއަރޕޯޓަށް ދިއުމަށް އެމްއޭސީއެލްއިން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނީ ކުރިއަށް އޮތީ ސްކޫލް ޗުއްޓީ ދުވަސްވަރުކަމުން ގިނަ ބަޔަކު ދަތުރު ކުރާނެ ކަމަށާއި ދިގު ކިޔުތަކާއި ދިމާވެދާނެ މައްސަލައަކަށް ބަލާ ފުރުމުގެ ތިންގަޑިއިރު ކުރިން އެއަރޕޯޓަށް ދިއުމަށް އެދޭ ކަމަށެވެ.

އަދި ވެލާނާއެއަރޕޯޓަށް ފުރަން ދިއުމުގެ ކުރިން އިމުގާ ފޯމްތައް ފުރުމަށްވެސް އެމްއޭސީއެލްއިން އިލްތިމާސްކުރެއެވެ.
މިމަހުގެ 22 ވާ ބުރާސްފަތި ދުވަހުން ފެށިގެން ސްކޫލްތައް ދެ ހަފުތާގެ މުއްދަތަކަށް ބަންދުވާނެއެވެ. އެހެންކަމުން ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ މިދުވަސްވަރަކީ އެއަރޕޯޓް ވަރަށް ބިޒީ ދުވަސްވަރެކެވެ.

މީގެ ކުރިންވެސް ސްކޫލު ޗުއްޓީ އަދި އީދު ބަންދު ދުވަސްތަކާއި ދިމާކޮށް އެމްއޭސީއެލް އިން ވަނީ ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ