- Advertisement -ad image

ވެލާނާ އެއަރޕޯޓްގެ ރަންވޭ ރެކޯޑެއް ގާއިމުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ހުޅުވި ފަހުން ރެކޯޑެއް ގާއިމުކޮށްފިއެވެ.
އަހަރުގެ ފަހުކޮޅާ ދިމާކޮށް ދުނިޔޭގެ އެކި ހިސާބުތަކުން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.
އެމްއޭސީއެލްއިން ބުނީ މިމަހުގެ 22 ވަނަ ދުވަހު ވީއައިއޭގެ ރަންވޭ މޫވްމަންޓްގެ އައު ރެކޯޑެއް ޤާއިމްކޮށްފައިވާކަމަށެވެ. އެއީ ޖުމްލަ 228 ރަންވޭ މޫވްމަންޓް ކަމަށް އެމްއޭސީއެލްއިން ހާމަކުރެއެވެ.
މީގެތެރޭގައި، 104 ބައިނަލްއަޤްވާމީ ފްލައިޓާއި، އެތެރޭގެ ދަތުރުތަކުގެ 104 ދަތުރުގެ އިތުރުން، 20 ޖެނެރަލް އޭވިއޭޝަން ހިމެނެއެވެ.
މިދުވަސްވަރަކީ ރާއްޖެއަށް ޕީކް ސީޒަން ކަމުން މޯލްޑިވްސް އިމިގްރޭޝަނުންވަނީ އިމިގްރޭޝަން ކައުންޓަރުތައްވެސް އިތުރުކޮށްފައެވެ.
އޭގެތެރޭގައި ޑިޕާޗަރއަށް 7 ކައުންޓަރ އަދި އެރައިވަލްއަށް 11 ކައުންޓަރ އިތުރުކޮށްފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން މިދުވަސްވަރަކީ ސްކޫލް ޗުއްޓީ އާއި އުމުރާގެ އަޅުކަމަށް ގިނަ ބަޔަކު ފުރާ ދުވަސް ވަރަކަށްވުމުންވެސް އެއަރޕޯޓްގައި ވަނީ ކިއުތައް އިތުރަށް ބޮޑުވެފައެވެ. އެހެންކަމުން އެމްއޭސީއެލް އިން ވަނީ ދިގު ކިއުތަކުގައި މަޑުކުރުމުގެ ބަދަލުގައި ދަތުރު ކުރުމުގެ ތިން ގަޑިއިރު ކުރިން އެއަރޕޯޓަށް ދިއުމަށްވެސް އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ