- Advertisement -ad image

ޖީއެސްޓީ ބޮޑުކުރާއިރު، ވިޔަފާރިތަކުން އަމަލުކުރަމުން ގެންދަނީ ޤާނޫނާއި އެއްގޮތަށްތޯ މީރާއިން ބަލަނީ!

ad image

ގުޅުންހުރި ލިޔުންތައް

އަންނަ އަހަރު ޖީ.އެސް.ޓީގެ ރޭޓު ބަދަލުވުމަށްފަހު ވިޔަފާރިތަކުން އަމަލުކުރަމުން ގެންދަނީ ޤާނޫނާއި އެއްގޮތަށްތޯ ބަލަމުންދާނެ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފިއެވެ.

މީރާއިން ބުނިގޮތުގައި އަންނަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގައި ނަގަމުން އަންނަ ޓެކްސްތަކަށް ބަދަލު ގެނައުމަށް ނިންމުމާއި ގުޅިގެން އެ އޮތޯރިޓީގެ ޓީމުތަކުން ވިޔަފާރިތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ޖެނުއަރީ 1، 2023 އިން ފެށިގެން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓް 16 އިންސައްތައަށް ބޮޑުކުރާނެ އެވެ. އަދި އެހެން ދާއިރާތަކުގެ ޖީއެސްޓީ ރޭޓް 8 އިންސައްތައަށް ބޮޑުކުރާނެ އެވެ. މިހެންކަމުން، 1 ޖަނަވަރީ 2023 ނުވަތަ އެ ތާރީޚުގެ ފަހުން ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު އަންނަ މުޢާމަލާތްތަކުން ޖީ.އެސް.ޓީ ނަގަންޖެހޭނީ އައު ރޭޓުތަކުގައެވެ.

މީރާއިން ވަނީ ޖީއެސްޓީ އައު ރޭޓްތަކަަށް ތައްޔާރުވުމުގެ ވިޔަފާރިތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް ހިމެނޭ ޝީޓެއް ނެރެފަ އެވެ. މި ޝީޓުގައި ވާގޮތުގެ މަތިން، ރޭޓް ބަދަލުވުމާގުޅިގެން ‘ކަޓް-އޯފް ވަގުތު’ ކަނޑައަޅައި، ޖީ.އެސް.ޓީ ނަގާނެ ރޭޓް ކަނޑައަޅާނެ ގޮތް ހިމަނައިފައިވެއެވެ. މިގޮތުން، 24 ގަޑިއިރު ޚިދުމަތް ނުދޭ ކެފޭތަކާއި ރެސްޓޮރަންޓްތަކާއި 24 ގަޑިއިރު ޚިދުމަތް ނުދޭ އެހެން ވިޔަފާރިތަކުން، އައު ރޭޓުގައި ޖީ.އެސް.ޓީ ނަގަން ފަށާނީ، 1 ޖަނަވަރީ 2023 ވަނަ ދުވަހުގައި އެފަދަ ތަންތަން ހުޅުވާ ވަގުތުން ފެށިގެންނެވެ. އެ ނޫން ހުރިހާ ފަރާތްތަކަކުން 1 ޖަނަވަރީ 2023ގެ 00:00 ފެށިގެން ޖީ.އެސް.ޓީ ނަގަންވާނީ އައު ރޭޓުތަކުގައެވެ.

އަދި، ޖީ.އެސް.ޓީގެ ރޭޓު ބަދަލުވުން ހިމެނޭ މުއާމަލާތްތަކުގައި ‘ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު’ ކަނޑައަޅާނެ ގޮތުގެ ބައެއް މިސާލުތައް ވެސް މި ‘ފެކްޓް ޝީޓް’ ގައި މީރާއިން ހިމަނައިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ