- Advertisement -ad image

ހަމަނުޖެހުން އުފެއްދި ފަސިންޖަރެއް ބޭރުކުރަން ކޮކްޕިޓް ދޫކޮށް ޕައިލެޓް ނުކުމެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ވާރޖިން އޮސްޓްރޭލިޔާގެ ފްލައިޓެއްގައި ރުޅިގަދަވެގެން ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރި ފަސިންޖަރެއް ބޭރުކުރަން ޕައިލެޓް ކޮކްޕިޓް ދޫކޮށް ނުކުތް ވީޑިޔޯއެއް ވައިރަލް ވެއްޖެ އެވެ.

ކުއީންސް ލޭންޑްގައި ހުންނަ ޓައުންސްވިލީ އެއާޕޯޓުން ފުރަން ހަމަޖެހިފައި އޮތް މި ފްލައިޓްގެ ފަސިންޖަރު ރުޅިއައިސް ހަމަނުޖެހުން އުފެއްދުމުން ފްލައިޓް ނައްޓާނުލެވި އެތައް އިރެއްވަންދެން އޮންނަން ޖެހުނެވެ. މި މީހާގެ ޒުވާބު ވަކިކޮޅެއްގައި ނުޖެހުމުން ޕައިލެޓްއަށް ވަނީ ކޮކްޕިޓް ދޫކޮށް މައްސަލަ ބެލުމަށް ނުކުންނަން ޖެހިފަ އެވެ.

އެހެންނަމަވެސް މި މީހާގެ ރުޅިއިތުރަށް ގަދަވެ ހައްލުނުވާ ހިސާބަށް ދިއުމުން ޕައިލެޓާއި ކެބިންކްރޫއެއްގެ އިތުރުން ފަސިންޖަރެއް ވެގެންވަނީ މި މީހާ ކޮއްޕަމުން ފްލައިޓުން ބޭރުކޮށްފަ އެވެ. އަދި އިންޒާރު ދިނުމަށްފަހު މި މީހާވަނީ ފުލުހުންނާއި ހަވާލުކޮށްފަ އެވެ.

ވާރޖިން އެއާއިން ވަނީ ފަސިންޖަރުންގެ ސަލާމަތަކީ އެމީހުންގެ ފުރަތަމަ ޕްރިއޮރިޓީ ކަމަށާއި މިފަދަ ހަމަނުޖެހުން ތަކަށް އެމީހުން ގެންގުޅެނީ ޒީރޯ ޓޮލެރެންސް ޕޮލިސީ ކަމަށް ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ