- Advertisement -ad image

ފަސް ދުވަހުން ރާއްޖޭގެ ފަތުރުވެރިކަމުގެ ގަދަ 10 ގައި ޗައިނާ!

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖެއަށް ޗައިނާގެ ފަތުރުވެރިން ޒިޔާރަތް ކުރަން ފެށިތާ ފަސް ދުވަހުން ފަތުރުވެރިކަމުގެ މާކެޓް ގަދަ 10 ވަނައިގައި ޗައިނާ ހިމެނިއްޖެއެވެ.
ކޮވިޑް19 ގެ ބަލިމަޑުކަމަށް ފަހު ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަން ފެށީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
އެހެންނަމަވެސް، ޗައިނާގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާއި ގުޅިގެން، 198 ފަތުރުވެރިންނާއެކު ޗައިނާގެ ފުރަތަމަ ފްލައިޓް ވަނީ މިމަހުގެ 18 ވަނަ ދުވަހު ރާއްޖެ އައިސްފައެވެ.
މި ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާގެ ބެއިޖިންގ ކެޕިޓަލް އެއަރލައިންސް އިންނެވެ. މި އެއަރލައިނުން ހަފްތާއަކު 4 ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ޖުމްލަ 2339 ފަތުރުވެރިންވަނީ ރާއްޖެއަށް އައިސްފައެވެ. މިއާއެކު ޗައިނާ މާކެޓް މިވަނީ ފަސް ދުވަހުގެ ތެރޭގައި ގަދަ 10 މާކެޓަަށް އަރާފައިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް ދެ ލައްކަ އަށްޑިހަ ހަތަރު ހާސް ނަވާވީސް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ