- Advertisement -ad image

އާމިރުޙާން ދަތުރު ކުރާއިރު ގެންގުޅޭ ބާލިސް ވެސް ޓްރެންޑް އަކަށް!

ad image

ގުޅުންހުރި ލިޔުންތައް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އާމިރުޙާން ދަތުރުކުރާނަމަ އަތުގައި އެންމެ މުހިއްމު އެއްޗަކަށް އޮންނަނީ ބާލީހެކެވެ. ދިވެހިންނަށް ކަނޑުދަތުރު ކުރާިއރު ބާލީސް ގެންދިއުން އައު ކަމަކަށް ނުވާނެ އެވެ. އެހެންނަމަވެސް ވައިގެ މަގުން ދަތުރުކުރާއިރު އާމިރު ބާލީސް ގެންގުޅޭތީ ގިނަ ބަޔަކު ވަނީ އެކަމަށް ޖޯކުވެެސް ޖަހާފަ އެވެ.

ސައިޒުން ބޮޑު މަޑުމަޑުކޮށް އޮންނަ މި ބާލީހަކީ މާކުރިންވެސް އާމިރުޙާން ދަތުރުކުރާއިރު ގެންގުޅޭ އެއްޗެކެވެ. އާމިރުހާން ވަނީ މި ބާލީހަކީ އޭނާއަށް ވަރަށް ހާއްސަ އެއްޗެއްކަމަށް ބުނެފަ އެވެ. އަދި އޭނާއަކީ ދަތުރުކުރާއިރު ވަރަށް ގިނައިން ނިދޭ މީހެއް ކަމަށާއި އެހެންކަމުން ކޮންމެ ތަނަކަށް ދިޔަސް ބާލީސް ގެންދާަކަމަަށް އޭނާވަނީ ބުނެފަ އެވެ.

އާމިރުޙާން މި ގޮތަށް ބާލީހަކާއެކު އެންމެ ފުރަތަމަ ފެނިފައިވަނީ 2018 ވަނަ އަހަރުގަ އެވެ. އޭގެފަހުން އޭނާ ދަތުރުކުރާއިރު ޕަޕަރާޒީން ނަގާފައި ހުންނަ ފޮޓޯތަކުން މި ބާލީސް ފެންނަން ހުރެއެވެ.

އާމިރު ޙާންގެ މި ޓްރެންޑް މިހާރުވަނީ ބޮލީވިޑްގެ އެހެން ތަރިންވެސް ކޮޕީކުރަން ފަށާފަ އެވެ. މީގެ ތެރޭގައި ޖާންވީ ކަޕޫރުވެސް ހިމެނެ އެވެ.

އެގޮތުން ދާދިފަހުން އެއާޕޯޓުން ޖާންވީ ފެނުނުއިރު މިގޮތަށް ބާލީހެއް ހިފައިގެން ޕަޕަރާޒީންގެ ކެމެރާތަކަށް ވަނީ އަރާފަ އެވެ. އަދި ގިނަ ބަޔަކު އަދި ޖާންވީވެސް އާމިރުޙާން އާއި އެއްގޮތް ވުމަށް ބާލީހެއް ހިފައިގެން އުޅެނީކަމަށް ބުނެ ފާޑުކިޔާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ