- Advertisement -ad image

ސިޑް އާއި ކިއާރާގެ ކައިވެނީގެ އުފާފާޅުކުރުންތައް އޮތީ މި ވީކެންޑްގައި!

ad image

ގުޅުންހުރި ލިޔުންތައް


ސިދާތު މަލޯތުރާ އާއި ކިއާރާ އަދުވާނީގެ ކައިވެނީގެ އުފާފާޅުކުރުންތައް އޮތީ މިހަފުތާ ބަންދުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އެގޮތުން ކިއާރާ ވަނީ މިއަދުގެ ވަގުތެއްގައި ކައިވެނި ހަފުލާ އޮންނަ ކަމަށް އަޑުފެތުރިފައިވާ ރާޖަސްތާނަށް ގޮސްފައެވެ. ރަސްމީ ފަރާތަކުން މިކަން ކަށަވަރުކޮށް ނުދިނަސް ސިޑް އާ ކިއާރާގެ ކައިވެނީގެ ވާހަކަތަކުން މުޅި ހުރިހާ ހެޑްލައިންތަކެއް ވަނީ ފުރާލާފައެވެ.

މިއަހަރުގެ މިހާތަނަށްވެސް ވަނީ އިންޑިއާގެ ހައި ޕްރޮފައިލް ތިން ކައިވެންޏެއް ފެނިފައެވެ. ސިޑް އާއި ކިއާރާގެ ކައިވެނި މިއީ ތެދަކަށް ވާނަމަ މިއީވެސް ފާހަގަ ކުރެވޭ ކައިވެންޏަކަށް ވެގެންދާނެ އެވެ.
އެގޮތުން އަނަންތް އަންބާނީ އާއި ރާދިކާ މާޗަންޓް، ކޭއެލް ރާހުލް އާއި އާތިޔާ ޝެޓީ އަދި މަސާބާ ގުޕުތާ އާއި ސަތީޔަދީޕް މިޝްރާގެ ކައިވެނި ކުރެވުނީ ޖެނުއަރީ މަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ