- Advertisement -ad image

ސިދާތު އާއި ކިއާރާގެ ކައިވެނީގެ ލޯބި ފޮޓޯތައް!

ad image

ގުޅުންހުރި ލިޔުންތައް


އެންމެ ފަހުން ސިދާތު މަލޯތުރާ އާއި ކިއާރާ އަދުވާނީގެ ކައިވެނީގެ ޕޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލައިފިއެވެ.
މި ފޮޓޯތައް އިންސްޓަރގްރާމްގައި ހިއްސާ ކުރަމުން ސިދާތު ބުނީ އަހަރުމެންގެ ދާއިމީ ބުކިން ކޮށް ނިމިއްޖެ ކަމަށެވެ.

އިންޑިއާގެ މީޑިއާއިން މިދެތަރިންގެ ކައިވެންޏާ ގުޅޭގޮތުން މި އޮތް ހުރިހާ ދުވަހު ކުރިއެއްވެސް ސުވާލަކަށް ސިޑް އަދި ކިއާރަަވެސް އެއްވެސް ޖަވާބެއްދީފައެއްނުވެއެވެ. ނަމަވެސް މިދެތަރިން ފެބުރުއަރީގައި ކައުވެނިކުރާ ވާހަކަ މެދުނުކެނޑި އައީ ދައްކަމުންނެވެ.

ބޮލީވުޑުގައި ކާމިޔާބު ގިނަ ފިލްތަކެއް ކުޅެފައިވާ މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވާތާ ދުވަސްތަކެއް ވަނީ ވެފައެވެ. ކައިވެނި ކުރި އިރު ސިދާތުގެ އުމުރަކީ 38 އަހަރެވެ.
އަދި ކިއާރާގެ އުމުރަކީ 30 އަހަރެވެ.
މިދެތަރިންގެ ކައިވެނީ އެކި ހަފުލާތައް މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ވަނީ ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ