- Advertisement -ad image

ބިގްބޮސް ޓްރޮފީ ލިބުނީ އެމްސީ ސްޓޭންއަށް!

ad image

ގުޅުންހުރި ލިޔުންތައް


ބިގްބޮސް 16 ގެ ޓްރޮފީ އެމްސީ ސްޓޭން އުފުލައިލާފިއެވެ. އެމްސީ ސްޓޭންއަށް ޓްރޮފީ ލިބުނުކަން އިއުލާންކުރަމުން ޝޯގެ ހޮސްޓް ސަލްމާން ބުނީ ޝިވް ޓާކުރޭ އާ ވާދަކޮށް އެމްސީއަށް ގިނަ އަދަދެއްގެ ވޯޓު ލިބުނު ކަމަށެވެ.
އެންމެ ޚިޔާލުތަފާތުވުން ބޮޑު އެއް ރިއަލިޓީ ޝޯގެ ގޮތުގައި ފާހަގަކުރެވޭ ބިގް ބޮސް 16 ފެށުނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އެވެ.
16 ވަނަ ސީޒަނާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު، ޝައްކެއްވެސްނެތްގޮތުގައި މިއީ ބިގް ބޮސްގެ އެންމެ ހިނގު އެއް ސީޒަން ކަމަށާއި، އެކަމުގެ ސަބަބުން މި ސީޒަނަށް ވެސް އެކްސްޓެންޝަނެއް ލިބުނެވެ.

މި ސީޒަނުގައި ސިއްސުވާލާފަދަ ޓްވިސްޓްތަކެއް ފެނިގެންދިޔައިރު އޭގެ ތެރޭގައި ސަޕްރައިޒް ވައިލްޑް ކާޑު އެންޓްރީތަކާއި، ސިއްސުވާލާފަދަ އެލިމިނޭޝަން، އަދިވެސް އެތައް ކަމެއް ހިމެނެއެވެ.

އަދި ބިގް ބޮސްގެ ލަވައާއި، އާއިލާތައް ގޭގެ ކަންކަމުގައި ބައިވެރިވުމާއި، މުބާރާތުގައި ބައިވެރިވާ މީހުންނާއެކު ބިގް ބޮސް ކުޅެން ޖެހުމާއި، ކޮންސެޓް ނައިޓެއް ފަދަ އާ ފޯމެޓްތަކެއް ވެސް ޝޯއިން ފެނިގެންދިޔައެވެ.

ސީޒަން 16 ގެ ޑޭޒްލިން ޓްރޮފީ އުފުލާ އެމްސީ ސްޓެން ވަނީ 31 ލައްކަ 80 ހާސް ރުފިޔާގެ ފައިސާގެ އިނާމު ވެސް ހޯދާފަ އެވެ.
ފުރަތަމަ އަދި ދެވަނަ ރަނަރަޕްގެ ގޮތުގައި ފާހަގަކުރެވުނު ގަދަ 2 ފައިނަލިސްޓުންނަކީ ޝިވް ތަކަރޭ އާއި ޕްރިޔަންކާ ޗަހަރު ޗޯދަރީ އެވެ.
ފައިނަލް އެޕިސޯޑުގައި 3 ފައިނަލިސްޓުންގެ ނަސީބު އިމްތިހާނު ކުރި ނަމަވެސް އެމްސީ ސްޓެންއަށް އެންމެ ގިނަ ވޯޓު ލިބުމުން ބިގް ބޮސް 16 ގެ ޗެމްޕިއަންކަން ހޯސްޓް ސަލްމާން ޚާން ވަނީ އެމްސީއަށް ދީފައެވެ

ބިގް ބޮސް 16 ދައްކަން ފެށީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު 17 ބައިވެރިންނާއެކުއެވެ.
އެ ބައިވެރިންނަކީ ސާޖިދު ޚާން، އަބްދުއްރޮޒިކް، ޝާލިން ބަނޮޓް، ޝިވް ތަކަރޭ، ޓީނާ ދައްތާ، އެމްސީ ސްޓޭން، ނިމްރިތު ކައުރު އަހުލުވާލިއާ، ސުމްބުލް ޓޫގީރު، އަރްޗަނާ ގައުތަމް، ސައުންދްރިޔާ ޝަރްމާ، ޕްރިޔަންކާ ޗަހަރު ޗޯދަރީ، ސްރީޖީތާ ދޭ، މަންޔާ ސިންގް، ގޯރީ ނަގޯރީ، ގައުތަމް ސިންގް ވިގް، އަންކިޓް ގުޕްތާ، އަދި ވިކާސް މަނަކްޓަލާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ