ޑަޗް ސޯޝަލް އިންޝުއަރެންސް ބޭންކުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ނެދަލެންޑްސްއަށް އުފަންވި 671 ފިރިހެން ކުދިންނަށް މުހައްމަދު ކިޔާފައިވެއެވެ.
ސްޓެޓިސްޓިކްސް ނެދަލެންޑްސް އިން ކުރި އާ ދިރާސާއަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު ނެދަލެންޑްސްގައި އަލަށް އުފަންވި ފިރިހެން ކުދިންނަށް ކިޔައިގެން ދެވަނައަށް އެންމެ މަގުބޫލު ނަމަކީ މުހައްމަދުގެ ނަމެވެ.
ޑަޗް ސޯޝަލް އިންޝުއަރެންސް ބޭންކުން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އަލަށް އުފަންވި ފިރިހެން ކުދިންނަށް އެންމެ ގިނައިން ދީފައިވާ ނަމަކީ ނޯއާ އެވެ. އެގޮތުން އަލަށް އުފަންވި 871 ކުދިންނަށް ނޯއާގެ ނަމުން ނަންދީފައިވެއެވެ.
މުހައްމަދު މި ނަން އެކިގޮތަށް ސްޕެލިން ޖަހައިގެން ބެލުމުން 671 ކުދިންނަށް މިނަން ކިޔާފައިވާކަން ފެނިފައިވެއެވެ.
