ރަމަޟާން މަހުގެ ކުރިން ހީނާ ހާން އޭނާގެ ފުރަތަމަ އުމްރާއަށް ފުރައިފިއެވެ.
ހީނާ ވަނީ އުމްރާގެ އަޅުކަމަށް ދާން ފުރަނީ ކަމަށް ބުނެ އޭނާގެ މަންމަ އާއި ކޮށްކޮ އާއެކު ހުދު ހެދުންލައިގެން ތިބި ފޮޓޯތަކެއް އިންސްޓްގްރާމްގައި ހިއްސާކޮށްފައެވެ.
“ އަހަރެންގެ ފުރަތަމަ އުމްރާއަށް ކެތްމަދުވެފައި. ވަރަށް ޝުކުރުވެރިވަން “ ހީނާ ލިޔެފައިވެއެވެ.
އެއަށްފަހު މައްކާޝަރީފަށް ދުއްވާފައި ދިޔަ ވީޑިއޯއެއް ޕޯސްޓްކޮށް، އެމީހުން ދަތުރުކުރަމުންދާކަން ސަޕޯޓަރުންނަށް އަންގާފައިވެ އެވެ.
އަދި އެމީހުން ޖިއްދާއިން މައްކާއަށް ދަތުރުކުރި ކަޅުކުލައިގެ ސްވަންކީ ކާރު ވެސް ދައްކާލި އެވެ.

ލަގްޒަރީ ހޮޓަލެއްގައި އުޅޭ ބަތަލާ ވަނީ އެކަމުގެ ފޮޓޯއެއް ވެސް އާންމުކޮށްފަ އެވެ.
ހީނާ އޭނާގެ ކެރިއަރު ފަށާފައިވަނީ ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ ގެ އަކްޝަރާގެ ރޯލުންނެވެ.
އޭގެ އަހަރުތަކެއް ފަހުން ޓީވީ އަދި ވެބް ޝޯތަކުގައި ކާމިޔާބު ބައެއް ބައިތައް ކުޅެފައިވެ އެވެ.
މިމީހުނަށް ހީވަނީ އުމްރާވެ ހައްޖުވީމަ ނިމުނީހެން ނަމާދެއް ނުކޮށް ރޯދައެއް ނުހިފިޔަސް އަދި ބުދަށް ސަޖިދަޖެހިޔަސް
ދާދިފަހުންވެސް ފެނުނު ބުދެއްކައިރީ ބޯއިފްރެންޑާއެކީ ހުއްޓާ