- Advertisement -ad image

އަހަރެން އިސްލާމްދީން ގަބޫލު ކުރީ 2019 ވަނަ އަހަރުގެ ރޯދަމަހު: ވިވިއަން ދެސޭނާ

ad image

ގުޅުންހުރި ލިޔުންތައް


އިސްލާމްދީން ގަބޫލު ކުރީ 2019 ވަނަ އަހަރު ކަމަށާއި މިހާރު އޭނާ އަކީ ބައްޕައެއް ކަމަށް ވިވިއަން ދެސޭނާ ބުނެފިއެވެ.
މަދޫބާލާ އާއި ޝަކްތީ ފަދަ މަޝްހޫރު ޓީވީ ޝޯތަކުގެ ބައެއްގެ ގޮތުގައި ހަރަކާތްތެރިވި އެކްޓަރު އެންމެ ފަހުން ފެނިފައި ވަނީ ސިރްފް ތުމް އިންނެވެ. މި އެކްޓަރު ވަނީ 2019 ވަނަ އަހަރުގެ ރޯދަމަހު އިސްލާމްވިކަން ހާމަކޮށްފައެވެ.
ބޮމްބޭ ޓައިމްސްއާ ވާހަކަ ދައްކަމުން އޭނާ ބުނީ، “އަހަރެންގެ ހަޔާތަށް މާބޮޑު ބަދަލެއް އައިސްފައި ނުވޭ. އަހަރެން އުފަންވީ ކްރިސްޓިއަނުން، އަދި މިހާރު އަހަރެން އިސްލާމްދީނަށް ތަބާވަމެވެ. އިސްލާމްދީނަށް ތަބާވާން ފެށީ 2019 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގައި ދުވާލަކު ފަސް ފަހަރު ނަމާދު ކުރުމުން ވަރަށް ބޮޑު ހަމަޖެހުމާއި ތަސައްލީއެއް ލިބެއެވެ.”

ވިވިއަން ބުނީ އޭނާ ކައިވެނި ކޮށްގެން އުޅެނީ މިސްރު އަންހެނެއް ކަމަށްވާ ނޫރައިންނާ ކަމަށެވެ. އަދި އެމީހުންގެ ކައިވެންޏަށް މިހާރު އަންހެން ކުއްޖަކު ލިބިފައިވާ ކަމަަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ