- Advertisement -ad image

މިއީ ބިޕާޝާ އާއި ކަރަންގެ ދަރިފުޅު!

ad image

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ މަޝްހޫރު ފިލްމީތަރި ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވަރގެ ދަރިފުޅުގެ ފޮޓޯ ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާއަށް ދޫކޮށްލައިފިއެވެ. ދަރިފުޅުގެ ފޮޓޯ އިންސްޓަރގްރާމްގައި ހިއްސާ ކުރަމުން ބިޕާޝާ ބުނީ މިއީ ދޭވީ ބާސޫ ގްރޯވަރ ކަމަށެވެ.

ބިޕާޝާ އަދި ކަރަންއަށް އަންހެން ކުއްޖަކު ލިބިފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މި ދެތަރިން ކައިވެނިކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ.
ބިޕާޝާ އެންމެ ފުރަތަމަ ފިލްމް ކުޅެން ފެށީ 2001 ވަނަ އަހަރުއެވެ. ފިލްމް އަޖުނަބީ ގައި ކުޅުނު ރޯލުން އެއަހަރު ބެސް ފީމޭލް ޑެބިއުޓުގެ ރޯލްވެސް ފިލްމްފެއަރ އެވޯރޑްގައި ލިބުނެވެ.
ބިޕާޝާ އެންމެ ފުރަތަމަ ލީޑު ރޯލުން ފެނިގެން ދިޔައީ ބިރުވެރި ފިލްމް ރާޒް އިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ