- Advertisement -ad image

އަންހެނުންގެ ހަށިގަނޑަކީ މާ އަގުހުރި އެއްޗެއް އެހެންވީމާ އެންމެ ރަނގަޅުގޮތަކީ ހަށިގަނޑު ނިވާކުރުން: ސަލްމާން ހާން

ad image

ގުޅުންހުރި ލިޔުންތައް

ސަލްމާން ޚާން އޭނާގެ ފިލްމް ސެޓްތަކުގައި އަންހެނުންނަށް ‘ނޯ ލޯ ނެކްލައިން’ އުސޫލު ދިފާއު ކުރަމުން ބުނީ އަންހެނުންގެ ހަށިގަނޑަކީ މާ އަގުހުރި އެއްޗެއް ކަމަށެވެ.
ސަލްމާން މިގޮތަށް ވާހަކަ ދައްކާފައި މިވަނީ ކިސީ ކާ ބައި ކިސީ ކީ ޖާންގެ ކޯ ސްޓާ ޕަލަކް ޓިވާރީ ސެޓްތަކުގައި އަންހެނުންގެ ހެދުން އެޅުމާ ގުޅޭ ގޮތުން ސަލްމާން ގެންގުޅޭ އުސޫލާ ބެހޭ ގޮތުން މީޑިއާގައި ވާހަކަ ދެއްކުމުންނެވެ.
ޕަލަކް ތިވާރީ މީގެ ކުރިން ބުނެފައި ވަނީ ސަލްމާންގެ ފިލްމު ސެޓްތަކުގައި އަންހެނުންނަށް ޕްލަންގިން ނެކްލައިން ލައިގެން އުޅުމުގެ އުސޫލެއް ކަނޑައަޅާފައިވާ ކަމަށެވެ.
ސަލްމާން ވަނީ އޭނާގެ ފިލްމު ސެޓްތަކުގައި ތިބި އަންހެނުންނަށް އެއްވެސް ފިރިހެނަކު ނުބައި ނިޔަތެއްގައި ބަލަން ބޭނުން ނުވާ ކަމަށާއި އެހެންކަމުން އެ ގަވައިދު ހެދީ ކަމަށް ބުނެފައެވެ.

ދާދި ފަހުން ރާޖަތު ޝަރްމާގެ ޝޯ އާޕް ކީ އަދާލަތުގައި ވާހަކަ ދައްކަމުން ސަލްމާން ބުނީ އަންހެނުންގެ ހަށިގަނޑަކީ އަގުބޮޑު އެއްޗެއް ކަމަށާއި ނިވާކުރަން ޖެހޭ އެއްޗެއް ކަމަށެވެ.

ހިންދީ އެހެން ފިލްމްތަކާއި ހިލާފަށް ސަލްމާންގެ ފިލްމްތަކުގައި ގައިގޯޅި މަންޒަރުތަކާއި ނިވާ ކަން ކުޑަ ހެދުން ލައިގެން އަންހެނުން އުޅޭ މަންޒަރުތައް މަދުކަން ފާހަގަ ކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ