- Advertisement -ad image

“މީ އިޝްގް” ބެލުމަށް އޮންލައިން ބުކިންއަށް ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ޒުވާން ޑައިރެކްޓަރު އަޒްހާން އިބްރާހިމްގެ ފުރަތަމަ ފީޗާ “މީ އިޝްގް”ގެ އޮންލައިން ބުކިން އަށް ހުޅުވާލައިފިއެވެ.

އަޒުހާން ބުނީ “މީ އިޝްގް” ގެ ޕްރިމިއަރ ޝޯ އަދި ފުރަތަމަ ފަސް ޝޯގެ ބުކިންއަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ޓިކެޓް ބުކް ކުރަން ބޭނުންވާ ފަރާތްތަކުން 9633326 އަށް ގުޅައިގެންނާއި، ވަޓްސްއަޕް އަދި ވައިބަރ ކުރުމުންވެސް ޓިކެޓް ބުކް ކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ފިލްމު “މީ އިޝްގް” ރިލީޒް ކުރާނީ 2024 ވަނަ އަހަރުގެ ޖެނުއަރީ 6 ގައެވެ. “މީ އިޝްގް”ގެ ޓްރެއިލާ ވަނީ 1 ޑިސެމްބަރުގައި ރިލީސްކޮށްފައެވެ. އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭނެ މި ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ މިހާރު ކުރިއަރަމުން އަންނަ ދެ އެކްޓަރުން ކަމަށްވާ އާމިނަތު ރަޝްފާ (އާޝާ) އާއިި ޝަރަފް އަބްދުﷲ އެވެ. މިއީ މިދެ ފަންނާނުން އެކުގައި ފެނިގެންދާ ދެ ވަނަ ފިލްމެވެ.

އަޒްހާން މީގެ ކުރިން ވަނީ ވަރަށް ކާމިޔާބު ދެ ވެބް ސީރީޒެއް ބެލުންތެރިންނަށް ގެނެސްދީފައެވެ. އެއީ “ދަރަކަ” އާއި “މިރާއީ” އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ