- Advertisement -ad image

ކެންސަލް ކުރާ ކޮންމެ ބުކިންއަކަށް، ހިލޭ “ޗޯލޭ ބަތޫރޭ” އެއް!

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: މަރްޔަމް އަދީލާ

އިންޑިއާ އިން ރާއްޖެއާއި ދެކޮޅަށް ކުރަމުން އަންނަ ކެމްޕޭނުގެ ތެރެއިން އުއްތަރަ ޕްރަދޭޝްގެ ނޯއިޑާގެ ރެސްޓޯރެންޓަކުން ކެންސަލް ކޮށްފައިވާ ކޮންމެ ރާއްޖެ ދަތުރުކަށް ހިލޭ “ޗޯލޭ ބަތޫރޭ” ގެ ތައްޓެއް ބަހަން ފަށައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ނޯއިޑާ އާއި ގާޒިއާބާދުގެ ރެސްޓޯރެންޓް ޗެއިނެއް ކަމަށްވާ މިސްޓަރ ބަތޫރާ އިން ވަނީ އެ ކުންފުނީގެ ރެސްޓޯރެންޓް ކަސްޓަމަރުން ރާއްޖެއަށް ޓިކެޓް ކެންސަލްކުރި ކަމުގެ ހެކި ދައްކައިފިނަމަ “ޗޯލޭ ބަތޫރޭ” ގެ ތައްޓެއް ހިލޭ ލިބޭނެ ކަމަށް ވައުދުވެފަ އެވެ.

އެ ރެސްޓޯރަންޓުން ވަނީ މީގެ މަގްސަދަކީ ލަކްޝަދީބުގައި ފަތުރުވެރިކަން އިޝްތިހާރުކުރުން ކަމަށް ބުނެފަ އެވެ. އަދި އެ ސްކީމަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ ރެސްޓޯރަންޓުގެ ވެރިޔާ ވިޖޭ މިޝްރާ އާ ހަވާލާދީ ބުނެފައި ވެއެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ނުތަނަވަސްކަން އުފެދިފައި މިވަނީ މި މަހުގެ ކުރީކޮޅު އެކްސް ޕްލެޓްފޯމްގައި ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒުގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މެދު ވާހަކަ ދެއްކެވި ގޮތާއި މެދުގަ އެވެ.

އޭގެ ފަހުން މި ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކުރި ނަމަވެސް އިންޑިއާގައި ތިބި ގިނަ ބަޔަކު ރާއްޖެ ބޮއިކޮޓް ކުރުމަށް ކެމްޕޭނެއް ފަށާފަ އެވެ. މި ކެމްޕޭނުގައި އެ ޤައުމުގެ ފިލްމީތަރިންވެސް ބައިވެރި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ