ޓެސްލާގެ ސީއީއޯ އާދީއްތަ ދުވަހު ވަނީ އޭނާގެ 12 ވަނަ ދަރިފުޅު އުފަންވިކަން ކަށަވަރުކޮށްދީފަ އެވެ. 52 އަހަރުގމަސްކް އާއި 38 އަހަރުގެ ޒިލިސްގެ 12 ވަނަ ދަރިފުޅަށް މަރުހަބާ ކީ މިއަހަރުގެ ކުރީކޮޅުގައެވެ.
ޕޭޖް ސިކްސް އަށް ދިން ބަޔާނެއްގައި މަސްކް ވަނީ ކުއްޖާ އުފަންވިކަން ކަށަވަރުކޮށްދީފައި ވީ ނަމަވެސް “ކުއްޖާގެ ބައްޕައަކީ ސިއްރެއްކަމަށް” ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ.
“ކުއްޖާގެ ބައްޕައަކީ ސިއްރެއް ކަމަށް ބުނާނަމަ އެއީ ވެސް ދޮގެއް، އަހަރެމެންގެ ހުރިހާ ރައްޓެހިންނަށާއި އާއިލާއަށް ވެސް އެނގޭ. އާދަޔާ ހިލާފު ގޮތަކަށް ނޫސް ބަޔާނެއް ނެރުމުގެ މާނައަކީ ސިއްރުކުރުމެއް ނޫން.” އޭނާ ވިދާޅުވި އެވެ.
އެހެންނަމަވެސް މަސްކް އޭނާގެ 12 ވަނަ ދަރިފުޅުގެ ނަމެއް އަދި ޖިންސެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.
ކެނެޑާއަށް ނިސްބަތްވާ ޒިލިސް މަސްކާއި ކައިވެނިކޮށްގެން ލިބުނު ކުދިންތަކުގެ ތެރޭގައި ޓްވިންސެއްވެސް ހިމެނެއެވެ. ސްޓްރައިޑާ އާއި އަޒޫރޭ ނަމަކަށް ކިޔާ މި ދެ ކުދިން އުފަންވީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
ބިލިއަނަރު މަސްކުގެ އިތުރު ދެ އަތްބަކާއި ދަރިން އެބަތިއްބެވެ.
ފޯބްސް އިން ބުނާ ގޮތުގައި މަސްކަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާއެވެ. އޭނާގެ މިލްކިއްޔާތަކީ 213 ބިލިއަން ޑޮލަރެވެ.



