ސައިމާ ނުވަތަ ހިބިސްކަސް ގަހަކީ ބޭސްވެރިކަމުގެ ފަރުވާއެއްގެ ގޮތުގައި އެތައް ހާސް އަހަރެއް ވަންދެން ބޭނުންކުރަމުން އަންނަ ރީތި މާތަކެއް އަޅާ ޓްރޮޕިކަލް ގަހެކެވެ. ސައިމަލުގެ އެތައް ސަތޭކަ ބާވަތެއް ހުރި ނަމަވެސް ސައިމާ ސަބްޑަރިފާ ނުވަތަ “ހިބިސްކަސް ސަބްޑަރިފާ” އަކީ އެންމެ ގިނައިން ސައިގައި ހިމަނާ ބާވަތެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ސައިމާ ސަބްޑަރިފާ އަކީ ސައިގެ ގޮތުގައި ބޭނުންކުރުމުން ސިއްހަތަށް ފައިދާ ކުރާނެ އެއްޗެކެވެ.
ދާދި ފަހުން ސައިންޓިފިކް ދިރާސާތަކުން ވަނީ ސައިމާ ސަބްޑަރިފާގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވުމާއި ކޮލެސްޓްރޯލް މަތިވުމާއި ހަކުރު ބައްޔާއި އޮބެސިޓީ އަދި އަލްޒައިމާ ފަދަ އާންމު ދާއިމީ ހާލަތްތަކާއި ބަލިތަކަށް ކުރާ އަސަރުތައް ދެނެގަނެފަ އެވެ.
މި ލިޔުމުގައި ގެނެސްމިދެނީ ސައިމާ ސައިގެ ސަބަބުން ސިއްހަތަށް ކުރާނެ ފައިދާތަކާއި، ބުއިމުގެ ބޭނުންތަކާއި އެއާ ގުޅުންހުރި ނުރައްކާތަކާ ބެހޭ މައުލޫމާތެވެ.
ސައިމާ ސަޔަކީ ކޮބާ؟
ދިވެހިންގެެ ތެރޭގައި ސައިމަލުގެ ނަމުން މަޝްހޫރު ސައިމާ ސަބްޑަރިފާ އަކީ މެދުތެރެ އާއި ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ބާވަތެއްގެ ގަހެކެވެ. މިގަސް މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހައްދާ އުޅެއެވެ.
ސައިމާ ސަޔަކީ އަކީ ކަޅު ރަތް ކުލައަކާއި މީރު މޭވާ ޒާތުގެ ރަހަޔަކާއި އެކު ކެފެއިން ކެފެއިން ނުހިމެނޭ ބާވަތުގެ ސަޔެކެވެ. ސައިމާ ސަޔަކީ އެ ގަހުގައި އަޅާ ހިކި ކެލައިސިސް އިން ތައްޔާރުކުރާ އެއްޗެކެވެ. މިއީ ކެވޭގޮތަށް ހުންނަ ސެޕަލްސް (މަލުގެ އެންމެ ބޭރުބައި) ގައި އެކުލެވިގެންވާ އެއްޗެކެވެ. ދެކުނު އަދި މެދު އެމެރިކާ، އެފްރިކާ އަދި ކެރީބިއަންގެ ބައެއް ސަރަހައްދުތަކުގައި މަގުބޫލު މި ސަޔަކީ ސިއްހީ އެތައް ފައިދާތަކެއް ހިމެނޭ ބުއިމެކެވެ.
ލޭގެ ޕްރެޝަރު ދަށްކުރުން
ކޮންމެ ދުވަހަކުވެސް ގަވައިދުން ސައިމާ ސައި ބުއިމަކީ، އެއް ހަމައެއްގައި ލޭގެ ޕްރެޝަރު ހިފެހެއްޓުމަށް އެހީވެދޭ ކަމެކެވެ. މިހާތަނަށް ހަދާފައިވާ ބައެއް ދިރާސާތަކަށް ބަލާއިރު، ގަވައިދުން ސައިމާ ސައި ބޯން ފެށުމުން ލޭގެ ޕްރެޝަރު ދަށްކޮށް، ކޮންޓްރޯލް ކުރެވޭ ކަމަށް މީހުން ވަނީ ބުނެފައެވެ. ސައިމާ ސައި ބުއިމަކީ ސިސްޓޮލިކްއާއި ޑައިއެސްޓޮލިކް ޕްރެޝަރު ދަށްކޮށްދިނުމަށް އެހިވެދޭ ކަމެކެވެ. ބޭސްފަރުވާއަށް ބަރޯސާނުވެ، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ފަސޭހަ ގުދުރަތީ އެއް ފަރުވާއަކީވެސް ސައިމާ ސައެވެ. ނަމަވެސް، މި މިސްރާބުން ދަތުރުކުރުމުގެ ކުރިން، ޑޮކްޓަރެއްގެ އިރުޝާދު ހޯދަން ވާނެއެވެ.
ކޮލަސްޓްރޯލް ދަށްކުރުން
މިއީ ހަކުރުބައްޔާ މެޓަބޮލިކް ސިންޑްރޯމް ހުންނަ މީހުންގެ ލޭގައި ކޮލަސްޓްރޯލްއާއި ޓްރައިގްލައިސަރައިޑްސް އެކުލެވޭ މިންވަރު ދަށްކުރުމަސް އެހީވެދޭ ސައެކެވެ. ގަވައިދުން ސައިމާ ސައި ބުއިމަކީ، ހިތާ، ހިތާގުޅިފައިވާ ލޭ ހޮޅިތަކުގެ ބަލިތަކުން ދުރުކޮށްދޭ ކަމެއްވެސްމެއެވެ.
ބަރުދަން ލުއިކުރުން
ގަވައިދުން ސައިމާ ސައި ބުއިމަކީ އާދަޔާ ހިލާފަށް ހަށިގަނޑު ފަލަވެ، ބަރުވެ ދިއުމުން ދުރުކޮށްދޭ ކަމެކެވެ. އެގޮތުން ހަށިގަނޑުގައި އުފެދޭ އެކިކަހަލަ އިންފްލަމޭޝަން ނުވަތަ އެކި ކަހަލަ ފާރުވުންތައް ފަސޭހަވެ ފެނުގެ ބަރުދަން ލުއިކޮށްލައެވެ.
ސައިމާ ސައިފަތަކީ ބުއިމުގައި ބޭނުންކުރުމަށް ރައްކާތެރި ސައިފަތެއްކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ސައިމަލަށް ނުވަތަ އެމާ އަޅާ ގަހަަށް އެލަރޖިކް ވާމީހުން ސައިމާ ސައިފަތުން ހަދާ ސައިބުއިމުން އެލަރޖިކްވުމުގެ ފުރުސަތުބޮޑުކަމަށްވެސް އެމެރިކާގެ އެފްޑީއޭއިން ހާމަކޮށްފައިވެއެވެ.