ހޮލިވުޑްގެ މަޝްހޫރު އެކްޓަރ އެންޑްރޫ ގާފީލްޑް، ބޮލިވުޑްގެ ތަރި ޝްރައްދާ ކަޕޫރާ މި އަހަރުގެ ރެޑް ސީ ފިލްމް ފެސްޓިވަލްގައި އެކީގައި ވަނީ ފެނިގެން ގޮސްފައެވެ.
މި ބައްދަލުވުމަށްފަހު ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި އެންޑްރޫ ބުނެފައިވަނީ، “އަހަރެމެން ރެޑް ކާޕެޓްގައި ވަރަށް ކުރު ވަގުތުކޮޅަކަށް ބައްދަލުވިން. ޝްރައްދާއަކީ ވަރަށް ލޯބިވާ، މަޑުމައިތިރި އަދި ހިތްހެޔޮ މީހެއްހެން ހީވޭ،” މިހެންނެވެ.
މި ދެ ތަރި ބައްދަލުވި މަންޒަރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވުމާ ގުޅިގެން، ގިނަ ފޭނުން ވަނީ މި ދެ ތަރި އެއް ޕްރޮޖެކްޓެއްގައި މަސައްކަތް ކުރާތަން ދެކުމުގެ އުއްމީދު ފާޅުކޮށްފައާޅުކޮށްފައެވެ. އަދި ބައެއް މީހުން ވަނީ މި ދެ ތަރި ލޯބިވެރިންނަށްވާނެ ކަމަށް އުއްމީދުކޮށްފައެވެ.
ރެޑް ސީ ފިލްމް ފެސްޓިވަލްގައި ޝްރައްދާ ކަޕޫރުގެ އިތުރުން ބޮލިވުޑްގެ އެހެން ތަރިއެއް ކަމަށްވާ ރަންބީރު ކަޕޫރު ވެސް ބައިވެރިވިއެވެ.
އެންޑްރޫ ގާފީލްޑަކީ ސްޕައިޑަރ-މޭން ފިލްމުގެ ތަރިކެވެ. އަދި ޝްރައްދާ ކަޕޫރަކީ “ސްޓްރީ” ފިލްމުގެ ތަރިކެވެ. މި ދެ ތަރިން ބައްދަލުވުމަކީ ގިނަ ބަޔަކު އުއްމީދު ނުކުރާ ކަމެއް ކަމުގައި ވިޔަސް، މިއީ ފޭނުންނަށް ލިބުނު ހަނދާނުގައި ބަހައްޓާނެ ފަދަ މަންޒަރެކެވެ.