ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އާރްޗަނާ ޕުރާން ސިންގް ރާޖްކުމާރް ރާއޯއާއެކު ފިލްމެއް ކުޅެމުންދަނިކޮށް ވެއްޓި އަތަށް ބޮޑު އަނިޔާއެއްވެ އޮޕަރޭޝަނެއް ކުރަންޖެހުނު ކަމަށް އޭނާގެ ޔޫޓިއުބް ޗެނަލްގައި ހާމަކޮށްފިއެވެ.
އާރްޗަނާ ޕުރާން ސިންގް ހާމަކުރި ގޮތުގައި ފިލްމް ކުޅެމުންދަނިކޮށް ވެއްޓުމުގެ ސަބަބުން އަތުގެ ކަށިގަނޑު ބިންދައި މޫނަށްވެސް އަނިޔާވެފައިވެއެވެ. އަދި މި ހާދިސާގެ ސަބަބުން ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހުނު ނަމަވެސް، މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަނގަޅުވެ އަނބުރާ މަސައްކަތަށް ނުކުމެފައިވާ ކަމަށް ބުނެފައިވެއެވެ.
އާރްޗަނާ ޕުރާން ސިންގްގެ ދަރިފުޅު އަރްޔަމާންއަށް މި ޚަބަރު ލިބުމުން ކަންބޮޑުވެ ރޮއިފައިވާ ކަމަށް ވީޑިއޯގައި ދައްކައިފައިވެއެވެ. ނަމަވެސް އަޔުޝްމާން ކުރާނާ އޭނާއަށް ހިތްވަރުދީ، މަންމަ ރަނގަޅުވާނެ ކަމަށް ބުނެފައިވެއެވެ.
އާރްޗަނާ ޕުރާން ސިންގް ވަނީ ފިލްމުގެ ޝޫޓިންގ ލަސްވުމުގެ ސަބަބުން ރާޖްކުމާރް ރާއޯއަށް މަޢާފަށް އެދފަށް އެދި، ވީހާވެސް އަވަހަކަށް އަނބުރާ މަސައްކަތަށް ނުކުންނާނެ ކަމަށް ބުނެފައެވެ. އަދި ޝޫޓިންގގެ ގެއްލުން ކުޑަކުރުމަށްޓަކައި ހޮސްޕިޓަލުން ނުކުމެ ޖެހިގެން އައި ދުވަހު މަސައްކަތަށް ނުކުތް ކަމަށްވެސް ބުނެފައިވެއެވެ.