Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޔަޝް ރާޖްގެ ފިލްމްތައް ނެޓްފްލިކްސްއަށް

ad image

ގުޅުންހުރި ލިޔުންތައް

ނެޓްފްލިކްސް އާއި ޔަޝް ރާޖް ފިލްމްސް (ވައިއާރުއެފް) އިން ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނަށް އެ ކުންފުނީގެ މަޝްހޫރު ބޮލީވުޑް ފިލްމްތަކުގެ ޚާއްސަ ކަލެކްޝަނެއް ގެނެސްދިނުމަށް ނިންމައިފިއެވެ. މި އެއްބަސްވުމާއެކު، އިއްޔެއިން ފެށިގެން ބެލުންތެރިންނަށް ނެޓްފްލިކްސް މެދުވެރިކޮށް ވައިއާރުއެފް ފިލްމްތަކުގެ ޖާދޫ ތަޖުރިބާ ކުރެވޭނެއެވެ.

މި ބައިވެރިވުމުގެ ދަށުން ވައިއާރުއެފްގެ ހޮވާލެވުނު ފިލްމްތަކެއް، ޚާއްސަ މުނާސަބަތުތަކާއި ފެސްޓިވަލްތަކާއި އަދި ސިނަމާގެ ލޮބުވެތި މުހިންމު ވަގުތުތައް ފާހަގަކުރުމުގެ ގޮތުން، މަރުހަލާ ތަކަކަށް ބަހާލައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދައްކަން ފަށާނެއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފޭނުންނަށް އެމީހުންގެ އެންމެ ލޯބިވާ ފިލްމްތައް ގޭގައި ތިބެގެން ބެލުމުގެ ފުރުސަތު ލިބިގެންދާނެ ކަމެކެވެ.

ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާންގެ ދުވަސްވަރުގެ އެންމެ ހަނދާން ނުނެތޭނެ ނުވަ ފިލްމެއް، އޭގެ ތެރޭގައި ދިލްވާލޭ ދުލްހަނިޔާ ލޭ ޖާޔޭންގޭ، މޮހައްބަތޭން، ދިލް ތޯ ޕާގަލް ހެއި، ވީރު-ޒާރާ، އަދި ޗަކް ދޭ އިންޑިއާ ހިމެނޭހެން، އޭނާގެ އުފަންދުވަހުގެ ހަފްތާ ބަންދުކަމަށްވާ ނޮވެމްބަރު 1 ވަނަ ދުވަހު ދައްކަން ފަށާނެއެވެ. ހަމަ އެފަދައިން، ސަލްމާން ޚާންގެ ތިން ބްލޮކްބަސްޓަރ ފިލްމު ކަމަށްވާ އޭކް ތާ ޓައިގަރ، ސުލްތާން އަދި ޓައިގަރ ޒިންދާ ހެއި މި ސުޕަރސްޓާގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ޑިސެމްބަރު 27 ގައި ސްޓްރީމް ކުރެވޭނެއެވެ.

ނޮވެމްބަރު 14 އިން ފެށިގެން، ޔަޝް ރާޖް ފިލްމްސްގެ ކްލާސިކް ޓައިޓަލްތައް ކަމަށްވާ ޗާންދްނީ، ކަބީ ކަބީ، ވިޖޭ، ލަމްހޭ، އަދި ސިލްސިލާ ފަދަ ފިލްމްތައް، ވަގުތުގެ ތެރެއިން ގެއްލިގެން ނުދާ ސިނަމާގެ ތަޖުރިބާތަކަށް އެދޭ ބެލުންތެރިންނަށް ލިބޭނެއެވެ. ރަންވީރު ސިންގްގެ އެންމެ ގިނަ ބަޔަކު ލޯބިކުރާ ފިލްމްތައް ކަމަށްވާ ބޭންޑް ބާޖާ ބާރާތް، ލޭޑީޒް ވީ.އެސް ރިކީ ބަހްލް، ކިލް ދިލް، ބޭފިކްރޭ، އަދި ގުންޑޭ، އޭނާގެ ދިހަ އަހަރުގެ ހަނދާން ނުނެތޭނެ ކެރެކްޓަރުތަކާއި ބްލޮކްބަސްޓަރ ހަކަތަ ފާހަގަކުރުމުގެ ގޮތުން ޑިސެމްބަރު 5 ގައި ރިލީޒް ކުރެވޭނެއެވެ.

މީގެ އިތުރުން، ބަންދު ދުވަސްވަރަށް އެކަށީގެންވާ ގޮތަށް، ބަންޓީ އައުރު ބަބްލީ، ހަމް ތުމް، ތޯޑާ ޕިޔާރު ތޯޑާ މެޖިކް، މުޖްސޭ ދޯސްތީ ކަރޯގޭ އަދި ތާ ރާ ރަމް ޕަމް ހިމެނޭހެން ޖުމްލަ 34 ފިލްމެއް، ޑިސެމްބަރު 12 އިން 28 އަށް ދުވާލަކު ދެ ފިލްމް ޕްރިމިއަރ ކުރާ ގޮތަށް، މި ހޮލިޑޭ ސީޒަންގައި ސްޓްރީމް ކުރެވޭނެއެވެ. މި އުފާފާޅުކުރުން 2026 ވަނަ އަހަރަށް ވެސް ދެމިގެންދާނެއެވެ. ފެބްރުއަރީ 7 އިން ފެށިގެން، ލޯބީގެ ސީޒަންގައި ބެލުންތެރިންނަށް ހިތްހަމަޖެހުން ދިނުމަށް ސާތިޔާ، އިޝްގްޒާދޭ، ބަޗްނާ އޭ ހަސީނޯ އަދި ސަލާމް ނަމަސްތޭ ހިމެނޭހެން ލޯބީގެ އަށް ވާހަކަ ރިލީޒް ކުރެވޭނެއެވެ. ފޭނުންނަށް ވައިއާރުއެފްގެ ބްލޮކްބަސްޓަރ ފްރެންޗައިޒްތައް ކަމަށްވާ އެޑްރިނަލިން އިން ފުރިފައިވާ ދޫމް ޓްރައިލޮޖީ (ނޮވެމްބަރު 28 އިން ފެށިގެން ސްޓްރީމް ކުރެވޭނެ) އާއި މަރުދާނީ ސީރީޒް (ޖެނުއަރީ 22، 2026) އަށް ވެސް އިންތިޒާރު ކުރެވޭނެއެވެ.

ޔަޝް ރާޖް ފިލްމްސްގެ ސީއީއޯ، އަކްޝޭ ވިދާނީ، މި ބައިވެރިވުމާ ގުޅޭގޮތުން ވިދާޅުވީ، 50 އަހަރަށްވުރެ ގިނަ ދުވަހު ޔަޝް ރާޖް ފިލްމްސް އަށް ވަނީ އިންޑިއާގެ ސިނަމާގެ ހިތާއި ރޫހަށް އެހީތެރިވެ، އޭގެ މަޝްހޫރު ވާހަކަތަކުގެ ތެރެއިން ބައްޓަންކުރުމުގެ ނަސީބު ލިބިފައެވެ. އަދި ޔަޝް ރާޖްގެ ފިލްމްތަކަށް ބެލުންތެރިން ދެއްވާފައިވާ ލޯތްބާއި އިތުބާރަށް ޝުކުރު އަދާކޮށް މި ފާހަގަކޮށްލެވޭ ސިނަމާގެ ތަރިކަ ނެޓްފްލިކްސް އަށް ގެނައުމަކީ، ވައިއާރުއެފް އިން އަބަދުވެސް ފާހަގަކުރާ އިންޑިއާގެ ކުލަ، މިއުޒިކް އަދި މެޖިކް ދުނިޔެއަށް ތަޖުރިބާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމެއްކަން ފާހަގަކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ