- Advertisement -ad image

މާހީ އާއި ޖޭއަށް މަރުގެ އިންޒާރު ދިނީ ގެއަށް ގެނައި ކައްކާ މީހާ!

ad image

ގުޅުންހުރި ލިޔުންތައް

ޖޭ ބަނޫޝާލީ އާއި މާހީ ވިޖިސް އަށް ގެއަށް ގެނައި ކައްކާ މީހާ މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

މިކަމުގެ މައުލޫމާތު ދެމުން މާހީ ބުނީ އެ ކައްކާ މީހާ ގޭގެ ވަޒީފާއަށް ނެގިތާ ވާނީ އަދި ތިން ދުވަސް ކަމަށާއި އެކަމަކު އޭނާ މަހުގެ މުސާރައެއްކޮށް ދިނުމަށް ޑިމާންޑް ކުރަންފަށާފައިވާ ކަމަށެވެ. މާހީ ބުނީ އަލަށް ނެގި ކައްކާމީހާއި ގެއިން އެއްޗެހި ވަގަށްވެސް ނަގާފައިވާ ކަމަށެވެ.

މާހީ ބުނީ މިވާހަކަތައް އެނގެމުން އެމީހާ ވަނީ ހަންޖަރެއް ނަގާ މާހީގެ މުޅި އާއިލާ މަރާލާނެ ކަމުގެ އިންޒާރުދީފައި ކަމަށެވެ. އަދި އެވަގުތުވެސް އޭނާހުރީ ހަމައިގާ ނޫން ކަމަށް ވެސް މާހީ ބުނެފައިވެއެވެ.

“ އަހަރެން ބިރެއް ނުގަނޭ އަހަންނަށާއި ޖޭއަށް އެއްވެސް ކަމެއް ވެދާނެތީ. އެކަމަކު އަހަރުމެންގެ ދަރިފުޅު ތާރާ އަށް ކަމެއް ވެދާނެތީ ވަރަށް ޖެހިލުންވޭ” މާހީ ބުންޏެވެ.

މާހީ އާއި ޖޭ މަޝްހޫރުކަން ހޯދާފައިވަނީ ޓީވީ ޑުރާމާތަކުންނާއިރިއަލިޓީ ޝޯތަކުގައި ބައިވެރިވެގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ