- Advertisement -ad image

އިމްލީ އަދި އާރިޔާން ޝޯ އިން ވަކިވަނީ

ad image

ގުޅުންހުރި ލިޔުންތައް

ސްޓަރޕްލަސް އިން ގެނެސްދެމުންދާ ’އިމްލީ’ ސީރީޒްގެ އެންމެ މުހިންމު ދެ ކެރެކްޓަރ އެ ސީރީޒް އިން ވަކިވާން ނިންމައިފިއެވެ.

އިމްލީ އަދި އާރިޔާން މިކަން ޔަގީންކޮށްދިނުމަށް އާއްމުކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ ފޭނުންނަށް ހަޤީޤަތް އެނގުން އެއީ ހައްޤުމިންވަރެއް ކަމަށާ މީސް މީޑިއާގައި ފެތުރެމުންދާ އަޑުތަކަކީ ސައްޙަ އަޑުތަކެއް ކަމަށެވެ. 

އަދި މިހާތަނަށް އެ ސީރީޒްގައި ކުޅެމުން އައި ކެރެކްޓަރ އަށް ބެލުންތެރިން ދެމުން އައި ލޯތްބަށް ޝުކުރު އަދާ ކުރަމުން ދެމީހުން ވެސް ބުނެފައިވަނީ އިމއލީ ސީރީޒް އާއެކު ދެމީހުންނަަށް ވަނީ ހިތްގައިމު ދަތުރެއް ކުރެވިފައި ކަމަށެވެ.

މި ދެތަރިން ޝޯ އިން ވަކިވާ ވާހަކަތަކާއެކު ފޭނުން ދަނީ ސޯޝަލް މީޑިއާގައި އުދާސްތައް ބޭރު ކުރަމުންނެވެ. ބައެއް ކޮމެންޓްތަކަށް ބަލާއިރު މުޅި ސީރީޒް ދެން ވަރަށް ފޫހިވާނެ ކަމަށްވެސް ބުނަން ފަށައިފައިވެއެވެ.
އިމްލީ ޑްރާމާގެ މިހާތަނަށް 565 އެޕިސޯޑް ގެނެސްދީފައިވާއިރު މި ޑްރާމާ ސްޓަރޕްލަސް އިން ދައްކަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ