- Advertisement -ad image

ފިލްމް އެޅުވުމުގެ ކުރިން އާލިޔާ އާއި ރަންބީރުގެ ބްރަމާސްޓްރާގެ އެއްލައްކަ ޓިކެޓް ވިކިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

މިމަހުގެ 9 ވަނަ ދުވަހު ސްކްރީންގައި އަޅުވާ އާލިޔާ ބަޓް އަދި ރަންބީރު ކަޕޫރުގެ ބްރަމާސްޓްރާ ފިލްމެގެ އެއްލައްކަ ޓިކެޓް ވިކިއްޖެއެވެ.

ބޮލީވުޑްގެ ގިނަ ފިލްމްތަކެއް ފްލޮޕްވަމުންދާ މި ދުވަސް ވަރު ފިލްމް އެޅުވުމުގެ ކުރިން މިވަރަށް ޓިކެޓް ވިކިފައިވާތީ މި ފިލްމް ވާނީ މިއަހަރުގެ ބޮކްސް އޮފީހުގެ ސުޕަރ ހިޓަކަށް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އާލިޔާ އާއި ރަންބީރުގެ ކައިވެންޏަށްފަހު ދެތަރިން އެކުގައި ފެންނަ މި ފިލްމްގެ އިންތިޒާރުގައި ފޭނުން ތިބި ވަރު ޓިކެޓް ވިކެމުންދާ ހަލުވި މިނުން އެނގެއެވެ.
ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް އަޔާން މުކަރުޖީ ޑައިރެކްޓް ކޮށްފައިވާ ބްރަމާސްޓްރާގައި މައުނީ ރޯއީ، އަމީތާބު ބަޗަން މުހިންމު ރޯލްތަކުން ފެނިގެންދާނެއެވެ.
ބްރަމާސްޓްރާ ފިލްމް އުފައްދާނެކަން އިއުލާން ކުރީ 2014 ވަނަ އަހަރުއެވެ. މި ފިލްމްގެ މަންޒަރުތައް ނެގުމުގެ މަސައްކަތް 2018 ފެބްރުއަރީން ފެށިގެން މިއަހަރުގެ މާރޗް މަހުގެ ނިޔަލަށް ކޮށްފައިވެއެވެ.
މި ފިލްމް ޝޫޓުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ބަލްގޭރިއާ، ލަންޑަން، ނިއުޒިލެންޑް، އެޑިންބާރގް، ތައިލެންޑް، މަނާލީ، މުމްބާއީ އަދި ވަރަނާސީ ހިމެނެއެވެ.

މި ފިލްމް އެޅުވުން ލަސްވެގެން ގޮސްފައިވަނީ ކޮވިޑް19 ޕެންޑަމިކާ ގުޅިގެންނެވެ. މި ފިލްމަކީ 51 މިލިއަން ޑޮލަރުގެ އަންދާޒާ ބަޖެޓެއްގެ އަގުބޮޑު ފިލްމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ