- Advertisement -ad image

ނެޓްފްލިކްސްއިން އިސްލާމީ މިންގަނޑުތަކާއި ހިލާފުވާތީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޖީސީސީއިން ދީފި

ad image

ގުޅުންހުރި ލިޔުންތައް

ނެޓްފްލިކްސްއިން އިސްލާމީ މިންގަނޑުތަކާއި ހިލާފަށް ބްރޯޑްކާސްޓްކުރަމުންދާތީވެ، އެކަމާއި ދެކޮޅަށް ފިޔަވަޅު އަޅާނޭކަމުގެ އިންޒާރު ގަލްފްގެ ޤައުމުތަކުން ދީފި އެވެ.

ނެޓްފްލިކްސްއިން މިފަހުން ބްރޯޑްކާސްޓްކުރާ ފިލްމްތަކާއި ސީރީސްތަކުގައި އެއްޖިންސުން ގުޅުން ހިންގުމަށް ބާރު ލިބޭގޮތަށް ކޮންޓެންޓްސް އާންމުކުރާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އަދި ކުޑަކުދިންނަށް ހާއްސަކޮށް އުފައްދާ ކާޓޫނުތަކުގައި މިބައި ހިމަނާތީވެ ގިނަ ބަޔަކުދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ނެޓްފްލިކްސްއަށް މި އިންޒާރުދީފައިވަނީ ސައުދީގެ ރިޔާދުގައި ހުންނަ ހ މެމްބަރުންގެ މައްޗަށް ޖީސީސީގެ ހެޑްކުއާޓަރުން ނެރުނު ހާއްސަ ބަޔާނެއްގަ އެވެ. ނަމަވެސް މި ބަޔާނުގައި ނެޓްފްލިކްސް އިން މިގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ވަކި ކޮންޓެކްޓެއްގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ.

މި ބަޔާނުގައިވާގޮތުން އިސްލާމްދީނަަށް ފުށުއަރާގޮތަަށް ހާއްސަކޮށް ކުޑަކުދިންނަށް އަމާޒުކޮށް ނެރެފައިވާ މި ފަދަ ކޮންޓެންޓްތައް ނެގުމަށް ނެޓްފްލިކްސްއަށްވާނީ އަންގާފަ އެވެ.

އަދި ކުރިއަށް އޮތްތަނުގައި މިފަދަ ކޮންޓެންޓެއް ނެޓްފްލިކްސްއިން ބްރޯޑްކާސްޓް ކޮށްފިނަމަ އެ ކުންފުންޏާއި ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނޭކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ޖީސީސީގައި ހިމެނެނީ ބަހްރެއިން، ކުވެއިތް، އޮމާން، ގަތަރު، ސައުދީ އަރަބިޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އެވެ.

މިހާތަނަށް ޖީސީސީއިން ނެރުނު މި ބަޔާނާއި ގުޅިގެން ނެޓްފްލިކްސްއިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ