- Advertisement -ad image

ކޯރޓްނީ “ފްރެންޑްސް” މަތިން ހަނދާންނެތެނީ!

ad image

ގުޅުންހުރި ލިޔުންތައް

މީގެ ވިއްސަކަށް އަހަރު ކުރިން އުފައްދާ ދައްކަން ފެށި ފްރެންޑްސް ސީރީޒްގެ އެކްޓްރެސް ކޯރޓްނީ ކޯޒް (މޮނިކާ)އަށް އެ ސީރީޒްގެ ގިނަ ބައިތައް ހަނދާންނެތިފައިވާ ކަމަށް ބުނެފި އެވެ.

މިހާރު އުމުރުން 58 އަހަރުގެ ކޯރޓްނީ ވަނީ ފްރެންޑްސްގެ އެހެން އެކްޓަރުންނާއެކު މިދިޔަ އަހަރު ފްރެންޑްސް ރީޔުނީއަން ކުޅެފަ އެވެ. އަދި މި ފިލްމު ކުޅެމުން ދިޔައިރު ފްރެންޑްސް އަސްލު ސީރީސްގެ ގިނަ މަންޒަރުތައް އޭނާ އެއްކޮށް ހަނދާން ނެތިފައިވާކަމަށް ކޯރޓްނީ ވަނީ ބުނެފަ އެވެ.

ހަނދާންނެތުނު މަންޒަރުތައް އަލުން ސީރީޒްއިން ބަލައިގެން ވެސް ހަނދާންނުވާކަމަށްވެސް ކޯރޓްނީ ވަނީ ބުނެފަ އެވެ. އަދި މިކަން މިހެން ދިމާވުމުން ވަރަށް މަޖާވި ކަމަށް ވެސް އޭނާ ބުންޏެވެ. ކޯރޓްނީ ބުނިގޮތުގައި ފްރެންޑްސްގެ 10 ސީޒަން ބެލިއިރު މިހާ ގިނަ އެޕިސޯޑްތައް ކުޅެވުނުކަން ވެސް އޭނާއަށް ވަނީ ހަނދާންނެތިފަ އެވެ.

ކޯރޓްނީ ބުނިގޮތުގައި އޭނާ ކުޑައިރު ހިނގި ގިނަކަންތައް ވެސް މިހާރު ހުރީ ހަނދާން ނެތިފަ އެވެ. އަދި ހަނދާންނެތެނީ ކީއްވެކަން ވެސް އަދި ހޯދިފައިނުވާކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ކޯރޓްނީއަށް ފްރެންޑްސް ހަނދާން ނެތެން ފެށި ހަބަރު ފެތުރުމުން އޭނާގެ ފޭނުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ކޯރޓްނީގެ ސިއްހަތާއި މެދުވެސް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ