- Advertisement -ad image

ޕީކޭގެ ބޭވަފާތެރިކަން ޝަކީރާ ބުނެދިނީ ލަވަޔަކުން!

ad image

ގުޅުންހުރި ލިޔުންތައް

ގިނަ ދުވަސްތަކެއް ވަންދެން ލޯބިން ގުޅިގެން އުޅުނު ބައިވެރިޔާ ގެ ބޭވަފާތެރިކަމުގެ ސަބަބުން ހައިރާންކޮށްލީ ހަމައެކަނި ޝަކީރާއެއް ނޫނެވެ. ދުނިޔޭގައި އަޑުގެ އިތުރުން ރީތިކަމަށްވެސް އެވަރެއް ނެތް މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާއަށް މީހަކު ބޭވަފާތެރު ވެދާނޭކަމަށް ގިނަ ބަޔަކަށް ޤަބޫލެއް ވެސް ނުކުރެވުނެވެ.

އެހެންނަމަވެސް އެކަންވެ ނިމިއްޖެ އެވެ. ބައިވެރިޔާ ޕީކޭގެ ބޭވަފާ ފަޅާއެރުމުން ޝަކީރާވަނީ އެ ލޯބީގެ ގޮށް މުހާލާފަ އެވެ. އަދި އެ ވަރުން ނިމުނީއެއް ނޫނެވެ. ޕީކޭގެ ބޭވަފާތެރިކަން ޝަކީރާ މިވަނީ ލަވަޔަކުން ފޭނުންނަށް ބުނެދީފަ އެވެ.

ކޮލަމްބިޔާއަށް ނިސްބަތްވާ މި ޕޮޕް ސްޓާރ އެންމެ ފަހުން ނެރުނު ލަވަ ‘ތެ ފެލިސިތޯ’ މި ލަވައަކީ 35އ. ޕީކޭއަށް ނިސްބަތްކޮށް ކިޔާފައިވާ ލަވައެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މި ލަވައިގައި ވަނީ ޝަކީރާގެ ހިތް ހަލާކު ކޮށްލި ވާހަކަ އެތައް ފަހަރަކު ބުނެފަ އެވެ. އަދި މިހާރު މައާފަށް އެދުނަސް ތި ހަދަނީ ހުސް ދޮގުކަމަށް ވަނީ ބުނެފަ އެވެ.

އެލީ މެގަޒިން އަށް ޝަކީރާ ދިން އިންޓަވިއުއެއްގައި މި ލަވަ ނިސްބަތްވަނީ ޕީކޭގެ ބޭވަފާތެރިކަމަށްތޯ ޝަކީރާ އާއި ސުވާލުކޮށްފަ އެވެ. އަދި ޖަވާބުގައި ޝަކީރާވަނީ މި ލަވައިގެ ލިރިކްސްގައި ވަނީ އެނގުމުގެ އަދި ނޭނގުމުގެ ތެރެއިންވެސް އޭނާއަށް ކުރެވުނު ހުރިހާ އިހްސާސްތަކެއް ކަމަށެވެ. އަދި މި ހުރިހާ ކަމެއް އޭނާގެ ހަޔާތަށް ފިޓުވަންޏާ ދެން ކުރެވޭނެ ކަމެއް ނެތްކަމަށް ވެސް ޝަކީރާ ވަނީ ބުނެފަ އެވެ.

މި ލަވައިގައި ދެން ޝަކީރާ އާއެކު ފެނިގެން ދަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ރައޫ އެލިހަންދްރޯ އެ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ