- Advertisement -ad image

ޖަލަކްދިކްލާޖާ 10: ސްރިތީ، އަދާ، ނިޝާންތް އަދި ކިއްލި ވެސް ޝޯގައި ބައިވެރިވަނީ

ad image

ގުޅުންހުރި ލިޔުންތައް


މަޝްހޫރު ތަރިން ހިމަނައިގެން ކަލާސް ޓީވީން ގެނެސްދޭ ޖަލަކްދިކްލާޖާ ޝޯ އަށް ވައިލްޑް ކާރޑްގެ ގޮތުގައި އިތުރު ބައިވެރިންތަކެއް ބައިވެރި ކުރަން ނިންމައިފިއެވެ.
އެގޮތުން މި ހަފްތާގެ ޝޯގައި ސްރީތީ ޖާ، އަދާ މާލިކް، ނިޝާންތް ބަޓްގެ އިތުރުން ކިއްލި ޕައުލްވެސް ފެންނާނެއެވެ.
ކަރަން ޖޯހަރު، މަދޫރީގެ އިތުރުން ނޯރާ ޖަޖްކުރާ މިފަހަރުގެ ސީސަން ފަށާއިފާ ވަނީ ފަސް އަހަރުގެ މެދުކެނޑުމަކަަށް ފަހުއެވެ.
ކިއްލި ޕައުލް އަކީ ތެންޒޭނިއާގެ ސޯޝަލް މީޑިއާ ކުރިއޭޓަރ އެކެވެ. ސްރިތީ ޖާ އަކީ ޑުރާމާތަކުގެ ލީޑުރޯލުން ފެނި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ތަރިއެކެވެ.
ނިޝާންތް ބަޓް އަކީ ނެށުމުގެ ދާއިރާގައި މަޝްހޫރު ނަމެކެވެ. އެގޮތުން މީގެ ކުރިން އޭނާ ވަނީ އެހެން ސެލެބްރިޓީސްގެ އެސިސްޓަންޓެއްގެ ގޮތުގައި ޖަލަކުގައި ބައިވެރިވެފައެވެ.
އަނޫ މާލިކްގެ ދަރި އަދާ މާލިކުވެސް މިހާރު ހުރީ ޖަލަކުގައި އޭނާގެ ހަރަކާތްތައް ދައްކާލުމަށް ތައްޔާރުވެގެންނެވެ.
ޖަލަކްދިކްލާޖާ 10 ހުށަހަޅާދެނީ މަނީޝް ޕައުލްއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ