- Advertisement -ad image

ބޮލީވުޑް ވައިވްސް މި އޮތް އުޅެނީ ރާއްޖޭގައި

ad image

ގުޅުންހުރި ލިޔުންތައް

ނެޓްފްލިކްސްގެ މަޝްހޫރު ބޮލީވުޑް ވައިވްސް ސީރީޒް އިން ފެންނަ ތަރިންތައް ރާއްޖެ އަތުވެއްޖެއެވެ.
ބޮލީވުޑް ވައިވްސްގައި ދައްކަނީ އިންޑިއާގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ތަރިންގެ އަނބިންތަކެއްގެ ވާހަކައެވެ.
އެގޮތުން މި ސީރީޒްގައި ފެންނަ ނީލަމް ކޮތާރީ، މަހީޕް ކަޕޫރު، ބާވްނާ ޕާންޑޭ އަދި ސީމާ ހާން މިވަގުތު ތިބީ ރާއްޖޭގައެވެ. ނީލަމް ކޮތާރީ އޭނާގެ އިންސްޓަރގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯގައިވާގޮތުން މި ތަރިން ޗުއްޓީ ހޭދަކުރަމުންދަނީ ޖުމެއިރާ މޯލްޑިވްސްގައެވެ.
ބޮލީވުޑް ވައިވްސްގެ ދެ ސީޒަން މިހާރު ނެރެފައިވާއިރު މި ތަރިންތައް ރާއްޖެ އައިސްފައިވަނީ ޗުއްޓީ ހޭދަކުރަން ކަމެއް ނުވަތަ މި ސީރީޒްގެ ތިންވަނަ ސީޒަނުގެ ބައެއް ނަގަން ކަމެއް އަދި ޔަގީނެއް ނުވެއެވެ.
މި ސީރީޒްގެ ކޮންމެ ސީޒަންއެއްގައިވެސް މި ހަތަރު އަންހެނުން ޗުއްޓީ އަށް ކޮންމެވެސް ތާކަށް ދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ