- Advertisement -ad image

މަންމަގެ އެއްވެސް ފިލްމެއް ‘ރީމޭކް’ ކުރުމާއި ޖާންވީ ދެކޮޅު

ad image

ގުޅުންހުރި ލިޔުންތައް

ހިންދީ ސިނަމާގެ ތާރީހު ބަދަލުކޮށްލި ސްރީދޭވީގެ އެއްވެސް ފިލްމެއް އަލުން ކުޅުމަށް ނުވަތަ އުފެއްދުމާ ދެކޮޅުކަން ޖާންވީ ކަޕޫރު ހާމަކޮށްފިއެވެ.
ސްރީދޭވީގެ ދޮށީ އަންހެން ދަރި ޖާންވީ ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި މަންމަ ކުޅުނު ގޮތަށް އެއްވެސް މީހަކަށް އެ ރޯލްތައް ނުކުޅެވޭނެ ކަމަށެވެ.
“ އަހަރެން ގަބޫލުކުރާ ގޮތުގައި އެއްވެސް މީހަކު މަންމަ ކުޅެފައިވާ އެއްވެސް ފިލްމެއް ރީމޭކު ކުރާނެ ކަމެއް ނެތް. އެއީ މަންމަ ކުރި ގޮތަށް އެއްވެސް މީހަކަށް މަސައްކަތެއް ނުކުރެވޭނެ “ ޖާންވީ ބުންޏެވެ.

ޖާންވީ ކަޕޫރަކީވެސް މިހާރު އަރަމުން އަންނަ ތަރިއެކެވެ. ސްރީދޭވީ މަރުވެފައި އޮތްވާ ފެނިފައިވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. 1967 އަހަރު ފިލްމް ކުޅެން ފެށި ސްރީދޭވީ އަކީ އޭނާގެ ފިލްމީ ހަޔާތުގައި ކާމިޔާބު އެތައް ފިލްމެއް ގެނެސްދިން ފަންނާނެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ