- Advertisement -ad image

ފިރިހެން ކުއްޖަކާ ވާހަކަދައްކަފާނެތީ ފާހާނާ ދޮރު ތަޅުލުމުގެ ހުއްދަ ޖާންވީ އަކަށް ނޯވޭ!

ad image

ގުޅުންހުރި ލިޔުންތައް


ފާހާނާއަށް ވަންނަ ވަގުތުގައި އަހަރެން ފިރިހެން ކުއްޖަކާ ވާހަކަ ދައްކަފާނެ ކަމުގެ ބިރަަށް ފާހާނާގެ ދޮރު ތަޅުލުންވެސް މަންމަ އޮންނަނީ މަނާކޮށްފައި ކަމަށް ޖާންވީ ކަޕޫރު ބުނެފިއެވެ.
ޖާންވީ ކަޕޫރަކީ 90ގެ އަހަރުތަކުގެ މަޝްހޫރު ބަތަލާ ސްރީދޭވީ ދޮށީ އަންހެން ދަރިފުޅެވެ. މިހާރު ކާމިޔާބު ފިލްމްތަކެއް ކުޅެމުން އަންނަ ޖާންވީ ކަޕޫރަކީ މަންމަ ފަދައިން ގިނަ ބައެއްގެ ލޯބި ހޯދަމުން އަންނަ މަޝްހޫރު ތަރިއެކެވެ.
2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސްރީދޭވީ މަރުވި ފަހުން އެކި މުނާސަބާތަކުގައި ޖާންވީ އޭނާގެ މަންމަގެ ވާހަކަތައް ދައްކައެވެ. އެގޮތުން މިފަހުން ޖާންވީ ވަނީ އޭނާގެ މަންމަގެ އެއްވެސް ފިލްމެއް ރީމޭކު ކުރުމަށް އޭނާ ބޭނުންނުވާ ކަމަށްވެސް ބުނެފައެވެ.
ޖާންވީ ބުނީ މަންމަ ސްރީދޭވީ އަކީ އޯވާ ޕްރޮޓެކްޓިވް މީހެއް ކަމުން އަބަދުވެސް އުޅޭނީ އަހަރެން ފިރިހެން ކުދިންނާއި ވާހަކަދައްކަފާނެތީ ބިރުން ކަމަށެވެ.
‘ އަހަރެން ކޮޓަރީގައިވެސް ނުހުންނާނެ ތަޅެއް. އެއީ މަންމަ ބިރު ގަންނަނީ ކޮޓަރި ތަޅުލާފައި އަހަރެން ފާހާނާއަށް ވަދެ ފިރިހެން ކުދިންނާ ވާހަކަ ދައްކާފާނެތީ ‘ ޖާންވީ ބުންޏެވެ.
ޖާންވީ ބުނީ އެމީހުން އުޅޭ ގެ ވެސް މަރާމާތުކުރި ނަމަވެސް އަދިވެސް ފާހާނާގައި ތަޅެއް ނުހުންނާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ