- Advertisement -ad image

މިފަހަރު ފީފާގެ ތަށި ދައްކާލާނީ ދިޕިކާ ޕަޑުކޮން

ad image

ގުޅުންހުރި ލިޔުންތައް

މިހާރު ކުޅެމުން ގެންދާ ފީފާ ވޯލްޑް ކަޕްގެ ތަށި ދައްކާލުމަށް ބޮލީވުޑުގެ ތަރި ދިޕިކާ ޕަޑުކޮން ގަތަރަށް ފުރަން އުޅޭކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ވޯލްޑްކަޕްގެ ތަށި ދައްކާލުން މިމަހު 18 ވަނަ ދުވަހު ކުޅޭ މުބާރާތުގެ ފައިނަލް މެޗުގެ ކުރިން އޮންނާނެ އެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި 36އ. ގެ މި ތަރި ވަރަށް އަވަހަށް ފީފާގެ ތަށި ދައްކާލުމުގެ ހަފުލާގައި ބައިވެރިވާން ގަތަރަށް ފުރާނެ އެވެ. މިއީ ބޮލީވުޑްގެ ފިލްމީތަރިއަކަށް ދުނިޔޭގެ އެންމެން ބަލާ ބޮޑު ކުޅިވަރުގެ ރަސްމިއްޔާތެއްގައި ތަށި ދައްކާލުމަށް ހަވާލުކުރާ ފުރަތަމަ ފަހަރެވެ.

ފީފާ ވޯލްޑްކަޕް ފެށުމުގެ ރަސްމިއްޔާތުގައި ބޮލީވުޑްގެ ތަރި ނޯރާ ފަތޭހް ވެސް ވަނީ ބައިވެރިވެފަ އެވެ. އެގޮތުން ހުސްވި ހަފްތާގައި ވެސް ނޯރާވަނީ ގަތަރުގައި އޮތް ފީފާ ފޭން ފެސްޓް އިވެންޓެއްގައި ޕާފޯމް ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ