- Advertisement -ad image

މައިކަލް ޖެކްސަންގެ ބަޔޯޕިކެއް

ad image

ގުޅުންހުރި ލިޔުންތައް

ޕޮޕް ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ބަޔޯ ޕިކެއް އުފައްދަން ނިންމައިފިއެވެ.
މިފިލްމަށް ދީފައިވާ ނަމަކީ “މައިކަލް” އެވެ.
މި ފިލްމަކީ ލަޔަންސްގޭޓާ ގުޅިގެން އުފައްދަން ނިންމާފައިވާ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ އެންޓޮއިން ފުގްއާ އެވެ.

އޭނާއަކީ މިދިޔަ އަހަރު އެޕްލް ޓީޕީ ޕްލަސް އިން ގެނެސްދިން ވިލް ސުމިތުގެ “އެމަންސިޕޭޝަން” ގެ ޑައިރެކްޓަރެވެ. އެންޓޮއިން ހަދާފައިވާ ފިލްމުތަކުގެ ތެރޭގައި “ޓްރެއިނިން ޑޭ”، “ކިންގް އާތާ”، “އޮލިމްޕަސް ހޭޒް ފޯލެން” އަދި “ދަ މެގްނިފިޝަންޓް” ހިމެނެއެވެ.

އެންޓޮއިންގެ ކުރިއަށް އޮތް ފިލްމަކީ އޭނަގެ “އީކްއަލައިޒާ” ފްރެންޗައިޒްގެ ތިން ވަނަ ބައެވެ. އެ ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ ސެޕްޓެބަރު 1 ގައެވެ.
ގިނަ ބައެއްގެ ލޯބި ހޯދި މައިކަލް ޖެކްޝަން މަރުވެފައިވަނީ އޭނާގެ އުމުރުން 51 އަހަރުގައި 2009 އަހަރުގައެވެ.
އެމެރިކާއަށް ނިސްބަތްވާ މައިކަލް ޖެކްސަންއަކީ ދުނިޔޭގައި އުފެދުނު އެންމެ މަޤުބޫލު އަދި އެންމެ ނުފޫޒު ގަދަ މިއުޒިކީ އެއް ޝަހުސިއްޔަތެވެ.
އަދިވެސް އޭނާގެ ލަވަތަކަކީ ގިނަ ބަޔަކު އަޑުއަހާ ލަވަތަކެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ