- Advertisement -ad image

ރައީސް ޔާމީނެއް ނުހުއްޓުވޭނެ އެނބުރި ވަޑައިގަތުން އިހުނަށްވުރެ މާ ވަރުގަދަވާނެ: އަދުރޭ

ad image

ގުޅުންހުރި ލިޔުންތައް


ރައީސް ޔާމީނު ނުހުއްޓުވޭނެ ކަމަށާއި އެނބުރި ވަޑައިގަތުން އިހުނަށްވުރެ މާ ވަރުގަދަވާނެ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އަދުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި އަނިޔާވެރި ސަރުކާރުން ރައީސް ޔާމީނަށް ހަރާމް ހުކުމް ކޮށްގެން ޖަލުގައި ގެންގުޅޭތާ 900 ދުވަސްވީ ކަމަށެވެ.
އަދި ރައީސް ޔާމީނަށް މިސަރުކާރުން އަނިޔާކުރަމުން ގެންދަނީ މި ރާއްޖޭގައި ދީނީ މިނިވަންކަންދީ، ރާއްޖޭގެ މިނިވަންކަން ނަގައިލާ، ދައުލަތުގެ ޚަޒާނާ ދަވާލާ، ރާއްޖޭގެ ބިން ބިމާ ކަނޑު ވިއްކާ ހިންގަމުން ގެންދާ ޖަރީމާތަކުގެ ހަގީގަތް ރައްޔިތުންނާ ހަމައަށް ތިލަކޮށް ދެއްވާ އެ ކަންކަމާ ދެކޮޅަށް ގައުމާ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާނެކަން ރައީސް ސާލިހަށް ކަށަވަރުވާތީ އެކަން ހުއްޓުވަން ކަމަށް އަދުރޭ ވިދާޅުވިއެވެ.
“ ރައީސް ޔާމީނެއް ނުހުއްޓުވޭނެ. މާތްاللہގެ ތަނަވަސް ރަޙުމަތްފުޅުން ރައީސް ޔާމީނުގެ އެބުރި ވަޑައިގަތުން އިހުނަށްވުރެ މާ ވަރުގަދަވާނެ.ދިވެހީންގެ އުންމީދަކީ ރައީސް ޔާމީން “ އަދުރޭ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ